ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު މީހުންނަށް ފްލެޓް ހަމަޖައްސައި ދޭނަން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު މީހުންނަށް ފްލެޓް ހަމަޖައްސައި ދޭނަން: ރައީސް

ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު މީހުންނަށް ފްލެޓް ހަމަޖައްސައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ގދ.ގައްދޫ، މާފެހި، މުޙައްމަދު ޝުހައިލް، ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވަޢުދުވެވަޑައިގެންނެވި ފަދައިން ވަޢުދު ފުއްދަވާދެއްވާނެކަމަށެވެ. އެގޮތުން ހިޔާ ފްލެޓްގެ ލިބުނުކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބޭ މީހުންނަށް ސަރުކާރުން ފަށާ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫއުގެ ތެރެއިން ފްލެޓް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން ވަނީ ހިޔާ ފްލެޓް ލިބުނު ބައެއް މީހުންނަކީ ޝަރުތު ހަމަނުވާ މީހުންކަމަށް ކަނޑައަޅައި، އެ މީހުންނަށް ލިބިފައިވާ ފްލެޓް އަތުލާފައެވެ.

ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު، ނަމަވެސް ފްލެޓް ނުލިބުނު މީހުންނަށް ފްލެޓް ދިނުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުއިއްޒު ގެ ރިޔާސީ ވައުދެކެވެ.

 

މިއަދު އޮންލައިން