ނިމިދިޔަ ސަރުކާރު ވެރިކަމުން ފޭބިއިރު މީގެކުރިން ޤައުމު ދަރާފައި ނުވާވަރަށް ޤައުމު ވަނީ ދަރާފައި: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ނިމިދިޔަ ސަރުކާރު ވެރިކަމުން ފޭބިއިރު މީގެކުރިން ޤައުމު ދަރާފައި ނުވާވަރަށް ޤައުމު ވަނީ ދަރާފައި: ރައީސް

ނިމިދިޔަ ސަރުކާރު ވެރިކަމުން ފޭބިއިރު މީގެކުރިން ޤައުމު ދަރާފައި ނުވާވަރަށް ޤައުމު ވަނީ ދަރާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މަރަދޫއާއި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައިސް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ވެރިކަން ފޭބިއިރު މީގެކުރިން ޤައުމު ދަރާފައި ނުވާވަރަށް ޤައުމު ދަރާފައިވާކަމަށާއި ނަމަވެސް އޭރު އެކަންކަން ކުރި ސަރުކާރުގެ ބޭފުޅުން އެއީ ނުވާކަމެއް ކަމަށް ހަދަންކުރާ މަސައްކަތާމެދު ހައިރާންވާކަމަށެވެ.

ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ނެގި ލޯނުތަކުން ކުރިއަށްގެންދާ މަޝްރޫޢުތަކުން ރައްޔިތުންނަށް ލިބޭ ފައިދާ ވަރަށް ކުޑަކަމަށާއި ދިވެހި ރައްޔިތުންނަށް އެ މަޝްރޫޢުތަކުން ލިބުނު ކުރިއެރުމެއް ނެތްކަމަށެވެ.

އެހެންނަމަވެސް ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ބްރިޖު މަޝްރޫޢު ހިންގިއިރު، އެ މަޟްރޫޢުގެ ސަބަބުން އެތައް ރައްޔިތުންނަކަށް ފައިދާ ލިބުނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް ލޯނު ނެގުމަކީ މައްސަލައެއް ނޫންކަމަށެވެ. 

މިއަދު އޮންލައިން