މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީޢެންމެ އަވަހަށް ދިނުމަށް ހާއްސަ މަސައްކަތްތަކެއް ވަނީ ފަށާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ މަރަދޫއާއި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މަސްވެރިންގެ ޝަކުވާތަކުގެ މައްޗަށް އަލިއަޅުއްވާލަންވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫފޭދޫގެ މަސްވެރިންނަށް ދޭންޖެހޭ ފައިސާވެސް ހުރިކަން ފާހަގަކުރައްވާ އެދެރަށުގެ މަސްވެރިންނަށް ދޭންޖެހޭ 30 މިލިއަން ރުފިޔާ ވީއެންމެ އަވަހަކަށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށާއި އެމަނިކުފާނުގެ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީޢެންމެ އަވަހަށް ދިނުމަށް ހާއްސަ މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށެވެ.
"ދަތި ދުވަސްތަކެއް އެހެންނަމަވެސް މަސްވެރިންގެ ކިބައިންވެސް އަޅުގަނޑު އެދެނީ އަޅުގަނޑުމެންނާއެކު މަސައްކަތްކޮށްދެއްވުމަށް. މިދެރަށުގެ މަސްވެރިންނަށްވެސް ދައްކަންޖެހޭ 30 މިލިއަނެއްހާ ރުފިޔާ އެބައޮތް އެފައިސާވެސް އަވަހަށް ދައްކާ، ކުރު މުއްދަތެއްގައި ފައިސާ ދެއްކޭނެ ނިޒާމެއް ތައާރަފްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން." ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ރައިސް ވިދާޅުވީ މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ތެރެއިން މިހާތަނަށް 442 މިލިއަން ރުފިޔާ މަސްވެރިންނަށް ދީ ޚަލާސްކޮށްފައިވާކަމަށާއި މިއީ މިހާތަނަށް ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދޫކުރި ސަރުކާރުކަމަށެވެ.