އައްޑޫ ބްރިޖްގެ ޢަމަލީ މަސައްކަތް މިއަހަރު ފަށާނަން: ރައީސް ޑރ.މުޢިއްޒު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އައްޑޫ ބްރިޖްގެ ޢަމަލީ މަސައްކަތް މިއަހަރު ފަށާނަން: ރައީސް ޑރ.މުޢިއްޒު

މިއަހަރު ފަށަން ނިންމާފައިވާ އައްޑޫގެ ބްރިޖުގެ ސަރވޭ ހެދުމަށް ހިލޭ އެހީ ހަމަޖެހިއްޖެހިފައިވާކަމަށާއި ބްރިޖްގެ ޢަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހުޅުދޫ-ހުޅުމީދޫ ބްރިޖް މަޝްރޫޢުއާއި އައްޑޫ ސީޕްލޭން ހަބްގެ މަސައްކަތާއި ފަތުރުވެރިކަމަށް ސަރުކާރުން ކުރިއަށްގެންދަން ނިންމާފާއިވާ މަޝްރޫޢުއާއެކު މުޅި އައްޑޫ ސިޓީ ބަދަލުވެގެންދާނެކަމަށާއި ބްރިޖްގެ ސަރވޭގެ މަސައްކަތްތައް ވަރަށް އަވަހަށް ފައްޓަވާނެކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ބްރިޖްގެ ޢަމަލީ މަސައްކަތްވެސް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ބްރިޖްގެ ފީސިބިލިޓީ ސްޓަޑީ، ޑިޒައިން އެއީ ހިލޭ އެހީ. ބްރިޖް ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ. ސަރުކާރުން މަސައްކަތްކުރާނީ ވީހާވެސް އަވަހަށް ޕްރޮޖެކްޓްތައް ފަށަށް. ދަޢުރުގެ ފަހުކޮޅު މަސައްކަތް ފެށުމަކީ އެންމެ އެދެވޭގޮތެއް ނޫން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

 

 

މިއަދު އޮންލައިން