47.5 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖޭގެ މަގުތަކަށް ދިޔުމުގެ ކުރިން ހުއްޓުވައިފިން: އިޙްސާން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
47.5 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖޭގެ މަގުތަކަށް ދިޔުމުގެ ކުރިން ހުއްޓުވައިފިން: އިޙްސާން

47.5 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖޭގެ މަގުތަކަށް ދިޔުމުގެ ކުރިން ހުއްޓުވާފައިވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ ފޭދޫގައި ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން 47.5 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖޭގެ މަގުތަކަށް ނެރެމުގެ ކުރިން ހުއްޓުވާފައިވާކަމަށާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި ސަރުކާރުން ގުޅިގެން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގާތްގަނޑަކަށް 700ހާ މީހުންނަށް ފަރުވާ ދިނުމަށް ޙުކުމްކޮށް، ފަރުވާ ނުދެވި ތިބި. މީގެ ތެރެއިން 300 އެތައް މީހުންނަށް ފަރުވާ ދޭން ފެށިފައި، ބާކީ ތިބި މީހުންގެ ފަރުވާގެ ކަންތައްތައް ހަމަޖައްސަމުން މިހާރު އަޅުގަނޑުމެން މިދަނީ." ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ބޭރުގެ އިންޓެލިޖެންސް އެޖެންސީތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން ދާޚިލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން