މިސަރުކާރަށް ވާރުތަވީ 120 ބިލިއަން ޑޮލަރުގެ ދަރަންޏެއް، އެކަމަކު މިސަރުކާރުން ލޯނުނަގާނީ ރައްޔިތުން މުއްސަނދިވާނެހެން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 22ސ
މިސަރުކާރަށް ވާރުތަވީ 120 ބިލިއަން ޑޮލަރުގެ ދަރަންޏެއް، އެކަމަކު މިސަރުކާރުން ލޯނުނަގާނީ ރައްޔިތުން މުއްސަނދިވާނެހެން

މިސަރުކާރު އައިއިރު ރައްޔިތުންނަށް މަންފާ ނުވާ ލޯނުތަކަކުން 120 ބިލިއަން ޑޮލަރުގެ ދަރަންޏެއް އޮތްކަމަށާއި މިސަރުކާރުން ލޯނު ނަގާނީ ރައްޔިތުންގެ ލާބައަށް ބަލާފައިކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ކުރިއަށްގެންދަން ހުރި މަޝްރޫއުތައް ކުރިއަށްގެންދާއިރުގައި ލޯނު ނަގާއިރު، އެއްކަމަކަށް ރައްޔިތުން މުއްސަނދިވާގޮތަށް ރައްޔިތުންގެ ޖީބަށް ފައިސާ ލިބޭ ގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ލޯނުތައް ނަންގަވާނީ ކުދި ވިޔަފާރިތަކަށް، މެދުފަންތީގެ ވިޔަފާރިތަކަށް އާރޯކަން އަންނާނެ ގޮތަށް ކަމަށާއި ދެވަނަ ކަމަކަށް އެ ނަގާ ލޯނެއް ވިއްޔާ ދިގު މުއްދަތަކަށް ބަހާލައިގެން ވީހާވެސް ލުއި ގޮތަކަށް މިސަރުކާރުގެ އިގްތިސޯދަށް ތަކާ މިންވަރަކަށް ނެގޭ ލޯނުތަކެއް ނަގައިގެން އިގްތިސާދު ކުރިއަރުއްވައި ތަރައްގީ ގެންނަވާނެކަމަށެވެ.

ހަމައެހެންމެ ކުރިއަށް އޮތް ދުވަސްތަކަކީ އައްޑޫ އާއި މުޅި ރާއްޖޭގެ ތަރައްގީއަށް، ރައްޔިތުންގެ ވަކިވަކި ދިރިއުޅުމަށް މުއްސަނދިކަން ގެނެސް ދެވޭނެ ދުވަސްތަކަަކަށް ވާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހަމަމިއާއެކު އައްޑޫ ސިޓީގައި ކުރަން ހުރި ކަންކަމާއި މިހާރު ފެށިފައި ހުރި ކަންކަން ވިޔަސް، އަދި މި އަހަރުގެ ބަޖެޓްގެ ތެރެއިން ކުރަން ރޭވިފައި ހުރި ކަންކަން ވިޔަސް އެކަމަށް އިސްކަން ދީގެން ކުރިއަށް ގެންގޮސް ދެއްވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

"ނަމަވެސް އެ މަސައްކަތް ކުރުމުގައި އަޅުގަނޑުމެން ޖެހޭނެ ތަރުތީބުކޮށްލައިގެން، ބަހާލައިގެން އަހަރު ތެރެއަށް މަސައްކަތްތައް ތަރުތީބުކޮށްލަން، އެއީ އަޅުގަނޑުމެންނަށް މި ސަރުކާރުގެ މަސަައްކަތްތައް ފެށިގެން ދިޔައިރުގައި 17 ނޮވެމްބަރު، އެ ދުވަހު އަޅުގަނޑު ރައްޔިތުންނާއި މުހާތަބު ކުރައްވާ ދެންނެވިން ގައުމު އޮތީ ވަަރަށް ބޮޑު އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައޭ، އެއީ އިގްތިސޯދީ ބޮޑު އަނދަވަޅެކޭ. 120 ބިލިއަން ރުފިޔާގެ ބޮޑު އަދަދުގެ ދަރަނި އެބަ އޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެއީ މި ސަރުކާރަށް ވާރުތަވެގެން އައި އިގްތިސޯދީ ހާލަތު އޮތް ހިސާބު ކަމަށެެވެ. އަދި މިހާރު އެކަންކަން ކުރި ފަރާތްތަކުން، އެހެން ނެތް ކަމަށް ރައްޔިތުންނަށް ވިސްނަދޭން އުޅޭ އުޅުން އެއީ ހައިރާންވާން ޖެހޭ ފަދަ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް، މިއި ޒަމާނަކު ރާއްޖޭގެ އިގްތިސޯދީ ހާލަތު ނުވެއްޓޭހާ ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮތީ، އެތައް ސަތޭކަ ބިލިއަން ރުފިޔާގެ ލޯނު ކޮންމެ އަހަރަކު ނަގަމުން ދިޔައީ،".

އެމަނިކުފާނު ވިދާޅުވިގޮތުގައި، މައްސަލައަކަށް ވެގެން އުޅެނީ ލޯނު ނަގައިގެން ނޫނެވެ. އަދި ސަރުކާރުތަކަށް މަސައްކަތް ކުރެވޭނީ ފައިނޭންޝީއަލް ފެސިިލިޓީތައް ހޯދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް ރައްޔިތުންނަށް ލާބަޔާފައި މަންފާ ލިބޭ ގޮތަށް އެކަން ކުރުމަކީ ތަފާތު ކަމެއް. މިދިޔަ ދުވަސްތަކުގައި ދެކިފައި ހުރި ލޯނުތައް ނަގާފައި ހުރީ އެގޮތަކަށް ނޫން، އެ ނެގުނު ލޯނުތަކުން ކުރަމުންދާ މަސައްކަތްތަކުން ރައްޔިތުންނަށް އެ މަޝްރޫއުތަކުން ވާ ފައިދާ ވަރަށް ކުޑަ،".

މިގޮތުން ރައީސް ފާހަގަކުރެއްވީ ސިނަމާލެ ބްރިޖްގެ ވާހަކައެވެ. އެއީ އޭގެ ވަކި އިންސައްތައެއް ލޯނުގެ ގޮތުގައި އާއި ހިލޭ އެހީގެ ވަރަށް ބޮޑު އިންސައްތައެއް އޮތް މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ. އަދި އެ މަޝްރޫއު ހިނގަމުންދިޔައިރު އެތައް ރައްޔިތުންނެއް މުއްސަނދިގެވެން ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ މެޓީރިއަލް ހޯދަން ކަމުގައިވިޔަސް، ލޮޖިސްޓިކަލް މަސައްކަތް ކަމުގައިވިޔަސް، އެ މަސައްކަތަށް އައިސް އުޅުނު މުވައްޒަފުންގެ ކާބޯތަކެތި ގަތުން ކަމުގައިވިޔަސް، ކުދިކުދި ކަންކަމުން ގޮސް އެކި ކަންކަމުގައި ރައްޔިތުންނަށް، ރާއްޖޭގެ އެކި ކުންފުނިތަކަށް އެކަމުގެ އުޅުމުގެ ފުރުސަތު އޮތް، އެއީ އެ ލޯނު ދޫކުރާ ފަރާތުން ކަނޑައަޅާ ސިޔާސަތު،".

އެހެން ނަމަވެސް މިދިޔަ ފަސް އަހަރު ނެގި ލޯނުތަކުގައި ސިޔާސަތު އޮތީ އެހެން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން