އަންނަމަހުގެ 5 ގެ ނިޔަލަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދެނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
އަންނަމަހުގެ 5 ގެ ނިޔަލަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދެނީ!

އަންނަމަހުގެ 5 ގެ ނިޔަލަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ މިސަރުކާރަށް ވާރުތަވި 250 ވަރަކަށް މިލިޔަން ރުފިޔާއާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމަށާއި މަހުގެ އަގު މުރާޖަޢާ ކުރި ދުވަހުން ފެށިގެން ކިރުވާފައިވާ މަހަށްވާ 26 މިލިއަން ރުފިޔާ މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭ ފައިސާ ދެވޭ އިންތިޒާމުގެ ތެރެއިން މިހަފްތާ އެފައިސާ މިފްކޯއިން ހަމަޖައްސާނެކަމަށެވެ.

ކޫއްޑޫގައި މަސްވެރިން މިވަގުތު ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސްކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑު ކަންބޮޑުވުންކަމަށާއި ކޫއްޑޫގައި ތިބި މަސްވެރިންނާ ބައްދަލުކުރެއްވުމަށް، ކޫއްޑޫއަށް ދިއުމަށް ދަތުރުކުރަމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންދަވަނީ މަސްވެރިންގެ ކަންކަން ވަރަށްގާތުން ބައްލަވަމުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން