ބިރުވެތިވޭ! ކިތަންމެ ކުޑަފާފައެއް ނަމަވެސް ފާފައެއް ކުރަންއުޅޭކަން އެނގިގެން ﷲ އަށް ބިރުވެތިވުމަށާ ފާފަ ނުކުރަން ބުނުމުން އެފާފަކުރުން ވާނީ އެންމެ ބޮޑު ފާފައަކަށް! ސަބަބު މިއޮތީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ބިރުވެތިވޭ! ކިތަންމެ ކުޑަފާފައެއް ނަމަވެސް ފާފައެއް ކުރަންއުޅޭކަން އެނގިގެން ﷲ އަށް ބިރުވެތިވުމަށާ ފާފަ ނުކުރަން ބުނުމުން އެފާފަކުރުން ވާނީ އެންމެ ބޮޑު ފާފައަކަށް! ސަބަބު މިއޮތީ!

ތިބާއަށް ފާފައެއް ކުރެވެން އުޅެނިކޮށް މީހަކު ބުނެފާނެއެވެ. "ތިބާ ތިއަ ފާފަ ނުކުރާށެވެ! ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވާށެވެ!" މިފަދައިން ބުނެ ތިބާއަށް އަޑުއިއްވުމުންވެސް އެފާފަ ތިބާކޮށްފިނަމަ ތިބާއަށް އެކުރެވުނީ އެންމެ ބޮޑު އެއްފާފައެވެ. 

ސަބަބަކީ އެއިރުން އެނގިގެން އެދަނީ ތިބާގެ ހިތުގައި ﷲ ތަޢާލާގެ ޢަޛާބަށް އެއްވެސް މިންވަރަކަށް ބިރުވެތިކަމެއް ނެތްކަމެވެ. ޢަޛާބު ދެއްވެވިނަމަވެސް އެކަމަށް އެއްވެސް ޖެހިލުމެއް ނެތްކަމެވެ. އެގޮތުގައި ފާފައެއް ކުރެވިއްޖެނަމަ، އެއީ ކިތަންމެ ކުޑަކުޑަ ފާފައެއް ނަމަވެސް ކުށުގެ ދަރަޖަ އެތައް ގުނައަކަށް މަތިވެގެންދާނެއެވެ. 

މުސްލިމެއްގެ ހިތުގައި ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިކަން ނެތިއްޖެނަމަ އެމީހަކީ މުސްލިމަކަށްވެސް ނުވާނެއެވެ. އެކަންވާނީ އެހައި ބޮޑު ނުބައި ކަމަށެވެ. 

ތައުބާވެގެން ހުންނަ މީހަކަށްވެސް ފާފަ ކުރެވިދާނެއެވެ. އެއީ އިންސާނާގެ ބަލިކަށިކަން ބޮޑުކަމުންނެވެ. އެޙާލަތުގައި އޮތީ ހަމަ ތައުބާވެލުމެވެ. ނަމަވެސް މިބަޔާންކުރި ފަދައިން ﷲ ތަޢާލާގެ ޢަޛާބަށް ބިރެއްނެތި، ގޮންޖަހައި ފާފަކޮށްފިނަމަ އެކަމުގެ ޙުކުމް ބަދަލުވެގެންދާނެއެވެ. 

ފާފަކުރަން އުޅޭކަން އެނގުމުން އެކަން ނުކުރަން ބުނުމުން، ﷲ ތަޢާލާއަށް ބިރުވެތިވާން ބުނުމުން  ބައެއް މީހުން "މިއީ ތިބާއާ ބެހޭކަމެއް ނޫން" ކަމަށް އެބަބުނެއެވެ. މިއީވެސް ބުނެވޭ ވަރަށް ނުބައި ބަހެކެވެ.  މުސްލިމް އަކަކަށްވިޔަސް އުޚުތަކަށްވިޔަސް ފާފައެއް ކުރެވެން އުޅޭކަން އެނގިއްޖެނަމަ އެކަން ހުއްޓުވަން ކުރެވެން އޮތް މަސައްކަތްކުރުމަކީ ކޮންމެ މިސްލިމަކު އަދާކުރަންޖެހޭނެ ވާޖިބެކެވެ. އަދި އެކަމަށް އަމުރުކުރައްވަވައި ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީމާ މިއީ ތިބާއާއި ބެހޭކަމެއް ނޫން ކަމަކަށް ނުބުނެވޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން