އައިޖީއެމްއެޗާއި ދަރުމަވަންތަހޮސްޕިޓަލަށް ސްޕެޝަލިސްޓުންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
އައިޖީއެމްއެޗާއި ދަރުމަވަންތަހޮސްޕިޓަލަށް ސްޕެޝަލިސްޓުންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވެއްޖެ

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުން ކޮންމެ ދުވަހަކު ވެސް ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ލ. މާބައިދޫ، ލަކްސްލިން، އާދަމް އަބްދުﷲ، ބަލި މީހުން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ކުރަން ޖެހެނީ ވަރަށް އުނދަގުލުން ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ދިމާވާ ކަމަކީ އެޕޮއިންޓްމަންޓް ނުލިބި މާ ބޮޑަށް ލަސްވުން ކަމަށާއި އެ ނިޒާމު ރަނގަޅު ކުރަން ކުރަނީ ކޮން މަސައްކަތެއްތޯ އޭނާ ސުވާލު ކުރިއެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އެގޮތުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ސްޕެޝަލިސްޓުންނަށް ވަޒީފާ ދިނުމަކީ ކުރާ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް ސްޕެޝަލިސްޓުން ހޯދުމަކީ ވެސް ކުރަން ފަށާފައިވާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ ސްޕެޝަލިސްޓުން ގިނަ ކުރެވޭ ވަރަކަށް ދެންމެ ތި ވިދާޅުވި ގޮތަށް މަޑު ކުރަން ޖެހޭ ވަގުތު ވެސް ކުޑަވާނެ. ދެވަނަ ކަމަކަށް މިހާރު ކުރެވޭ ކަމަކީ އެޕޮއިންޓްމަންޓް ހަދާއިރުގައި އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންކަމާ އެކީގައި ހަމަޖެހިގެންދާ ގޮތަށް އިރާދަކުރެއްވިއްޔާ ނިޒާމު ބައްޓަން ކުރަމުން މިދަނީ." ރައީސް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން