ސަރުކާރުން ރަށްރަށަށް ކޮށްދެން ޖެހޭ ކަންކަން ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު ތަރުތީބު ކުރެއްވުމަށް ރައީސް ޑރ.މުޢިއްޒު ކައުންސިލް ތަކުގައި އެދިވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 18ސ
ސަރުކާރުން ރަށްރަށަށް ކޮށްދެން ޖެހޭ ކަންކަން ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު ތަރުތީބު ކުރެއްވުމަށް ރައީސް ޑރ.މުޢިއްޒު ކައުންސިލް ތަކުގައި އެދިވަޑައިގެންފި

ދިވެހިރާއްޖޭގެ އިގްތިސާދު މިވަގުތު އޮތީ ވަރަށް ދަތިކޮށް ކަމަށާ، އެ ހަގީގަތް ގަބޫލުކޮށް، ސަރުކާރުން ރަށްރަށަށް ކޮށްދެން ޖެހޭ ކަންކަން ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު ތަރުތީބު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ކައުންސިލް ތަކުގައި އެދިވަޑައިގެންފިއެވެ. 

ރައީސް މުޢިއްޒު މިހެން އެދިވަޑައިގެންނެވީ ތ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ދިޔަމިގިލީ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

އެގޮތުން، ރައީސް މުޢިއްޒު ވިދާޅުވީ، މިސަރުކާރާއި ހަވާލުވެ ވަޑައިގެންނެވި އިރު ރާއްޖޭގެ ދަރަނި ހުރީ މީގެ ކުރިން ނުދާހާ މިންވަރަށް މަތިވެފައި ކަމަށެވެ. އެހެންކަމުން، އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވަޢުދުތައް އެއްފަހަރާ ފުއްދަން ފެށުމަކީ ނުވާނެ ކަމެއް ކަމަށެވެ.

އަޅުގަނޑު އެދެނީ ކައުންސިލަށް، އެކިއެކި މަޝްރޫޢުތަކާއި ގުޅޭ ސަރުކާރުގެ އެކިއެކި އިދާރާތަކާއި، ކުރިއަށް މިއޮތް ދެތިން ހަފްތާ ތެރޭގައި ވަރަށް ގާތުން މަޝްވަރާކޮށްލަން. ކޮށްފަ، ތަރުތީބު ކޮށްލަދެއްވަން، މިއަހަރުގެ ތެރޭގައި ކޮން ކަންތައްތަކެއްތޯ؟ ތަރުތީބަކުން ފަށައިގަނެވޭނީ. މި ދެންނެވި އިގްތިސާދީ ހާލަތު އޮތްގޮތުން، އަޅުގަނޑު މިހެން މި ދަންނަވަނީ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު "އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ، މިގޮތަށް މަޝްވަރާ ކޮށްގެން، އެކުލަވާލެވޭ ތަރުތީބެއްގެ މަތިން، މި އަހަރު، މި ރަށުގައި ގިނަ މަސައްކަތްތަކެއް އަޅުގަނޑު ފަށްޓައިފޭނަމޭ." ރައީސް މުޢިއްޒު ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ކޯޒްވޭ އަކުން ގުޅާލުމުގެ މަސައްކަތަކީ އެމާނިކުފާނު އެ ރަށަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދުފުޅު ކަމަށާ އެ ވަޢުދުވެސް ފުއްދަވާނެ ކަމަށެވެ. 

"އަޅުގަނޑު ވެފައި އޮތް އެއްވެސް ވަޢުދަކަށް ފަރުވާކުޑައެއް ނުކުރާނަން." 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގެ މަސައްކަތް، ރާއްޖޭގެ އިގްތިސާދު  ރަނގަޅުވަމުންދާ ވަރަކަށް ފަހިވެގެންދާނެ ކަމަށެވެ. 

ރައްޔިތުންނަށް ދޭ ޔަގީން ކަމަކީ، ކޯޒްވޭ ޕްރޮޖެކްޓް ވެސް، އަދި ދެން ހުރިކަންކަންވެސް، ވަރަށް ބޮޑަށް ސަމާލުކަންދީގެން، ވަރަށް އިޚްލާސްތެރި، ތެދުވެރި ނިޔަތެއްގައި، ކޮށްދޭނެ ވާހަކަ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނަކީ، އެމަނިކުފާނު ވިދާޅުވާ ވާހަކަ ތަކަށް ޒިންމާވާނެ ބޭފުޅެއް ކަމަށެވެ. އަދި ވެ ވަޑައިގެންނެވި ވަޢުދުތަށްް ފުއްދުމަށްޓަކައި ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތްތައް ވެސް ފެށިގެން މިހާރުވެސް ކުރިއަށްދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، ރަށްރަށުގައި ފެށިފައި އަދި ފަށަންހުރި ކަންކަންވެސް، ރާއްޖޭގެ އިގްތިސާދު އޮތް ގޮތުން، ހުރިހާ ކަމެއް އެއްފަހަރާ ނުފެށޭނެކަމަށާ، އެ ހަގީގަތް އެންމެހާ ރައްޔިތުންވެސް ގަބޫލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

"ހަގީގަތް އެބަޖެހޭ ގަބޫލު ކުރަން. މި ހަގީގަތާއި އެކީގައި އިރާދަކުރެއްވިޔާ އަޅުގަނޑުމެން ކުރިއަށް ދާނީ. ޔަގީންކަން މިދެނީ ތަރައްގީގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށް ގެންގޮސްދޭނަމޭ،"

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މީގެ އިތުރުން ވެސް ރައީސް މުޢިއްޒު ވަނީ ސަރުކާރުގެ ހަފުތާ 14ގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން މިހާރު 9 ހަފުތާގައި ހިމެނޭ ހުރިހާ ކަމެއް ނިމިފައިވާކަމަށާއި، އެގޮތަށް ހަފުތާ 14ގައި ހިމެނޭ ހުރިހާ ކަމެއް ފުރިހަމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި 3 ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދު އޮންލައިން