ޙާލަތު ގޯސްވެގެންދާ ނަމަ ޤުނޫނުއްނާޒިލާ އިޢާދަވާނެ. ހުކުރު ޚުޠުބާތަކުގަ ފަލަސްޠީނަށް ހެޔޮދުޢާކުރުން މެދުކެނޑުމެއް ނެތި ކުރިއަށްދާނެ!: އިސްލާމީ ވުޒާރާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޙާލަތު ގޯސްވެގެންދާ ނަމަ ޤުނޫނުއްނާޒިލާ އިޢާދަވާނެ. ހުކުރު ޚުޠުބާތަކުގަ ފަލަސްޠީނަށް ހެޔޮދުޢާކުރުން މެދުކެނޑުމެއް ނެތި ކުރިއަށްދާނެ!: އިސްލާމީ ވުޒާރާ

ޣައްޒާގެ ޙާލަތު ގޯސްވެގެންދާ ނަމަ ޤުނޫނުއްނާޒިލާ އިޢާދަވާނެ ކަމަށާއި މިހާރުވެސް ހުކުރު ޚުޠުބާތަކުގައި ފަލަސްޠީނަށް ހެޔޮދުޢާކުރުން މެދުކެނޑުމެއް ނެތި ކުރިއަށްދާނެކަމަށް އިސްލާމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. 

އެވުޒާރާއިން މިމޭރުމުން ބަޔާންކުރައްވާފައިވަނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާގެ ރައްޔިތުންނަށް ދޭންފެށި ޙަމަލާތަކާއި ގުޅީގެން ރާއްޖޭގެ މިސްކިތްތަކުގައި ކިޔަމުން އައި ޤުނޫތު ނާޒިލާ ކިޔުން މިވަޤުތަށް ހުއްޓައިލި ސަބަބު ބަޔާންކޮށްދެއްވަމުންނެވެ. 

އިސްލާމީ ވުޒާރާގެ ބަސްފުޅުގައިވަނީ: 

1. ޤުނޫތުއްނާޒިލާއަކީ ދާއިމީކޮށް ފަރުޟު ފަސް ނަމާދުގައި ކިޔަން އޮންނަ ޤުނޫތެއްނޫން. 

2. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މުޞީބާތުގެ ވަގުތުގައި ޤުނޫތުއްނާޒިލާ 1 މަސް ދުވަސް ވަންދެން ކިޔުއްވުމަށް ފަހު ދޫކޮށްލެއްވި. 

3. ޤުނޫތު ނާޒިލާ ނޫނަސް އަބަދުވެސް ދުޢާކުރެވޭނެ. 

4. ކޮންމެ ހުކުރު ޚުޠުބާއެއްގައި ވެސް ވާނީ ފަލަޞްޠީނަށްޓަކައި ދުޢާ  ހިމެނިފަ. އެކަން އެގޮތައް ދެމިގެންދާނެ އިންޝާ ﷲ. 

5. އަދި އިތުރަށް ޙާލަތު ގޯސްވެގެންދާ ނަމަ ޤުނޫނުއްނާޒިލާ އިޢާދަވާނެ. 

6. ސުންނަތް ގޮތަކީ މުޞީބާތުގެ ވަގުތުގައި ކިއުން. އިޢުލާނުގައި ވާ ފަދައިން ޤުނޫތު ނާޒިލާ މެދުކަނޑާލާފަ ވަނީ ވަގުތީ ގޮތުން. ވީމާ މިފަދަ ދީނީ ކަމެއް ސިޔާސީ ކަމަކަށް ނުހެއްދެވުމަށް ނަސޭހަތްތެރިވަން.

 

މިއަދު އޮންލައިން