ރާއްޖޭގެ އުފެއްދުންތެރިކަން 5.5 އިންސައްތައިން ކުރިއަރައި، އަހަރަކު އެވަރެޖްކޮށް 7.1 އިންސައްތައިން އުފެއްދުންތެރިކަން ކުރިއަރާނެކަމަށް ލަފާކުރެވޭ: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 2ސ
ރާއްޖޭގެ އުފެއްދުންތެރިކަން 5.5 އިންސައްތައިން ކުރިއަރައި، އަހަރަކު އެވަރެޖްކޮށް 7.1 އިންސައްތައިން އުފެއްދުންތެރިކަން ކުރިއަރާނެކަމަށް ލަފާކުރެވޭ: ރައީސް

ރާއްޖޭގެ އުފެއްދުންތެރިކަން 5.5 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރާއިރު، މެދުރާސްތާގައި އަހަރަކު އެވަރެޖްކޮށް 7.1 އިންސައްތައިން އުފެއްދުންތެރިކަން ކުރިއަރާނެކަމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ, މިއަދު ރައްޔިތުންގެ މަޖިލިހަށް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މުސްތަޤުބަލު ފެންނަނީ އުޖާލާކޮށްކަ،ަށާއި ރާއްޖޭގެ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ހިއްސާއެއްކުރާ ދާއިރާކަމަށްވާ ފަތުރުވެރިކަމަށް ބަލާއިރު، މި އަހަރު ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ނިމި، އައު އެއާލައިންތަކަށް ރާއްޖެއަށް ދަތުރުތައް ފަށަން ފުރުސަތު ދެވުމުން، މެދުރާސްތާގައި މި އަދަދު އަހަރަކު އެވަރެޖްކޮށް 10.3 އިންސައްތައިން ދާނީ ކުރިއަރަމުންކަމަށް ވެސް ބެލެވޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"މުޅި އިޤުތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތުގެ މުހިންމު އެއް ބައެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ ރާއްޖެއަށް އެ ދާއިރާއަކުން އެންމެ ބޮޑު ކޮމްޕެރަޓިވް އެޑްވާންޓޭޖެއް ލިބިފައި މި އޮތް ފަތުރުވެރިކަމުގެ ދާއިރާ ވެސް ސިންދަފާތުކުރުން. މިކަން ހާސިލްކުރުމަށް، އާ މާކެޓުތަކާއި ރާއްޖެއާ ދަތުރުފަތުރުގެ ގޮތުން ސީދާ ގުޅުވައިލައި، ލޯންގް ހޯލް ރޫޓްތައް އިތުރުކުރުމަށް މިދަނީ މަސައްކަތް ކުރަމުން."

ފަތުރުވެރިކަމުގެ ދާއިރާގެ އައު ޕްރޮޑަކްޓްތައް ތަޢާރަފުކުރުމުގެ މަސައްކަތް ވިޒިޓަރ އިކޮނޮމީ ކައުންސިލްގެ ބެލުމުގެ ދަށުން ދަނީ ކުރަމުން ކަމަށާއި މި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެކަމަށް ލަފާކުރާ ކުރިއެރުމުގެ އިތުރުން، އިމާރާތްކުރުމާއި، ރިއަލް އެސްޓޭޓް އަދި ދަތުރުފަތުރު ފަދަ ދާއިރާތައް ވެސް އިރާދަކުރެއްވިއްޔާ ކުރިއަށްހުރި އަހަރުތަކުގައި ދާނީ ބާރަށް ކުރިއަރަމުންކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

" މިއާއެކު މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 5.5 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރާއިރު، މެދުރާސްތާގައި އަހަރަކު އެވަރެޖްކޮށް 7.1 އިންސައްތައިން އުފެއްދުންތެރިކަން ކުރިއަރާނެކަމަށް ވެސް ލަފާކުރެވޭ." ރައީސް ވިދާޅުވިއެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކާ، ރައްޔިތުންގެ އިޙްސާސްތަކާ އުއްމީދުތަކާ ގުޅިފައިވާ ގިނަގުނަ ކަންކަން ޙާސިލްކޮށްދިނުމަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ފުރަތަމަ 14 ހަފްތާގައި ފުއްދާނޭ ކަންކަން ފާހަގަކޮށް މަގުޗާޓެއް އެކުލަވާލި ކަމަށާއި، އެ މަގުޗާޓުގައި ސަރުކާރުގެ ފުރަތަމަ ދުވަހު ފުއްދާނެ ވަޢުދުތަކާއި 4 ހަފްތާ، 9 ހަފްތާ އަދި 14 ހަފްތާ ހަމަވުމުގެ ކުރިން ފުއްދޭނެ ވައުދުތައް ވާނީ ކަނޑައަޅާފައި ކަމުގައެވެ.

މިގޮތުން، ހަފްތާ 14 މަގުޗާޓުގައި ޖުމްލަ 161 ވަޢުދު ހިމެނިފައިވޭ. މިއަދާ ހަމައަށް 11 ހަފްތާ ނިމިފައިވާއިރު، ފުރަތަމަ ދުވަހު ފުއްދަން ކަނޑައެޅި 7 ވައުދާއި، 4 ހަފްތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 17 ވައުދާއި 9 ހަފްތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 26 ވައުދާއިއެކު ޖުމްލަ 50 ވައުދު ވަނީ %100 ފުއްދިފައި. އަދި 14 ހަފްތާ ނިމުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 111 ވައުދުގެ %78 ފުއްދިފައި. އިރާދަ ކުރެއްވިއްޔާ މި 111 ވައުދުވެސް 14 ހަފްތާ ނިމުމުގެ ކުރިން %100 ފުއްދޭނެ.ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ވައުދުތައް ފުއްދުމަށް ކެނޑިނޭޅި ބުރަމަސައްކަތް ކުރައްވަމުންގެންދަވާ ކެބިނެޓުގެ އެއްމެހާ މެންބަރުންނަށާއި، ސަރުކާރުގެ އެކިއެކި ސިޔާސީ އަދި ސިވިލް ސަރވިސް މަގާމުތަކުގައި ތިއްބެވި މުވައްޒަފުންނަށާއި ދައުލަތުގެ މުއައްސަސާތަކަށާއި، ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޝުކުރުދަންނަވާ ކަމުގައެވެ.

މިއަދު އޮންލައިން