ފުރަތަމަފަހަރަށް، ސަރުކާރުން އިސްނަގައިގެން އަޅުކަމަށް ބާރުއެޅުމަށްޓަކައި މި ރަމަޟާންމަހުގެ ފަހުދިހައެއް ސަރުކާރު ބަންދުވާނެ: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ފުރަތަމަފަހަރަށް، ސަރުކާރުން އިސްނަގައިގެން އަޅުކަމަށް ބާރުއެޅުމަށްޓަކައި މި ރަމަޟާންމަހުގެ ފަހުދިހައެއް ސަރުކާރު ބަންދުވާނެ: ރައީސް

އަންނަ ރޯދަމަހު އަޅުކަމަށް ބާރު އެޅުއްވުމުގެ ގޮތުން ރޯދަމަހުގެ ފަހުދިހައެއް ފުރަތަމަ ފަހަރަށް ސަރުކާރު ބަންދުވާ އަދި ދައުލަތުގެ ފަރާތުން ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް، ފުރަތަމަ ފަހަރަށް ރޯދަ ހަދިޔާދޭ ރޯދަމަހަށް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ, މިއަދު ރައްޔިތުންގެ މަޖިލިހަށް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ވާނީ، ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް، ފުރަތަމަ ފަހަރަށް ރޯދަ ހަދިޔާދޭ ރަމަޟާންމަހަށް ކަމަށާއި، އަހަރުގެ ތެރޭގައި އަންނަ އަޅުކަމުގެ އެންމެ ބަރަކާތްތެރި އެއް ފޯވަހިކަމުގައިވާ ރަމަޟާންމަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އަދި ހެޔޮ ޢަމަލުތަކަށް ދައުލަތުން ބާރުއަޅާ ދުވަސްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ހަމަަޖައްސާ ދީފައިވާ ކަމުގައެވެ.

އެއަށްފަހު އަންނަ ފިޠުރު ޢީދާ، އަދި މިނޫން އިސްލާމީ މުނާސަބާތަކާ ޤައުމީ މުނާސަބާތައްވެސް ދީނީ އަދި ޤައުމީ ފުރިހަމަ ރޫޙާ އުފާފާގަތިކަމާ އެއްބައިވަންތަކަމާއެކު ސަރުކާރުން އިސްނަގައިގެން އިރާދަކުރެއްވިއްޔާ ފާހަގަކުރާނަން.ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސްކިތްތައް ބެލެހެއްޓުމާ މަރާމާތަށް ދައުލަތުން ކުރާ ހޭދަ 3 ގުނަ އިތުރުކޮށްފައި ވާކަމަށާއި، ސަރުކާރު ހިންގުމާ ޙަވާލުވެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅީން އަލަށް 6 މިސްކިތެއްގެ މަސައްކަތް ޙަވާލުކޮށްފައި ވާކަމަށެވެ. އަދި ޕީ.އެޗް.ޑީ ފެންވަރަށް އިމާމުން ތަމްރީނުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ރޭވިފައިވާކަމަށާއި، ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުން މި ދައުރުގައި ޙައްޖުވުމުގެ ފުރުޞަތު ސަރުކާރުގެ ޚަރަދުގައި ދޭނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިގޮތުން މި އަހަރުތެރޭގައި 50 ފަޤީރުންނަށް މި ފުރުސަތު ދެވޭނެ. ޒަކާތަށްދޭ އަހައްމިއްޔަތު އިތުރުކުރަން، ވަކި އޮފީހެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ވަނީ ޤާއިމުކޮށްފައި.ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން