ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު އެންމެންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު އެންމެންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު އެންމެންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އާންމުންނަށް ރައީސާ ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ ރައީސްގެ ޖަވާބުގައި އާންމުންގެ ފަރާތަކުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެ ފަރާތުން ވަނީ ކުރީ ސަރުކާރުގައި ގޯތި ލިބުނު ފަރާތްތަކަށް އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެެއް މި ސަރުކާރުން ދެއްވާފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެ ގޯތިތައް ލިބުނުކަން ޔަގީން ނުވާ އެތަައް ބަޔަކު އެބަތިބި ކަމަށާއި އެކަމުގެ އެންމެ ފަހުގެ މަޢުލޫމަަތަކީ ކޮބައިތޯ އެ ފަރާތުން ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް މުޢިއްޒު ވިދާޅުވީ އެއީ ވަރަށް މުހިންމު އަދި ވަރަށް ގިނަ މީހުންނާ ގުޅިފައިވާ ސުވާލެއް ކަމަށެވެ. މިކަމުގައި ދޭން ބޭނުންވާ ޔަގީން ކަމަކީ ގިރާވަރު ފަޅުންނާއި ގުޅީފަޅުން ވެސް ގޯތި ލިބުނު އެންމެންނަށް ރަޖިސްޓްރީ ހަވާލުކޮށްދިނުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ގޯތި ލިބުނު މީހުންނަށް ލިޔެކިއުން ހަވާލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް އެބަދޭ. ރަޖިސްޓްރީ ހެދުމުގެ މަސައްކަތް، ރަޖިސްޓްރީ ދިނުމުގެ މަސައްކަތްރައީސް މުޢިއްޒު ވިދާޅުވިއެވެ.

ގާނޫނީ ގޮތުން ރަޖިސްޓްރީއެއް ދޫކުރެވެނީ ބިން ހިއްކުމުންކަން ފާހަގަކުރައްވާ ރައީސް މުޢިއް ވިދާޅުވީ ގޯތި ލިބުނުކަން ކަށަވަރު ވާވަރުގެ ލިޔުމެއް ދޫކުރުމުގެ މަަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

ދެން ނުހިއްކާ އޮންނަ ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް ދޭން އޮންނަ ވަގުތީ ލިޔުން ދޫކުރުމުގެ މަސައްކަތް ވެސް އެބަ ކުރިޔަށް ދޭރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމަފައިވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އިންނެވެ. މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން