މިފަހަރު ތަމްރީނުކުރެވޭ އިމާމުންގެ ފެމންވަރު ބޮޑުތަނުން މަތިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 47ސ
މިފަހަރު ތަމްރީނުކުރެވޭ އިމާމުންގެ ފެމންވަރު ބޮޑުތަނުން މަތިވާނެ!

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ އިމާމުން މިއަހަރުތެރޭ ތާޒާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމް މިފަހރު ވަރަށް ބޮޑަށް ތަފާތުވެގެންދާނެކަން އިސްލާމިކް ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ހާމަކުރައްވައިފައެވެ.

މިކަންކަން ފައުޅުކުރައްވައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވަރަށް މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފައިވާތީ މިގެނެސްދެނީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅެވެ.  

އިމާމުން ތާޒާ ކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވުން: އިސްލާމިކް ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

الحَمْدُ للَّهِ وَصَّلَاة وَ سَّلَام عَلَى سَيِّدِنَا رَسُوْلِ الّلهِ وَعَلى الِهِ وَاَصْحَابِهِ أَجْمَعِين. وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْن. وَبَعَت. މިޖަލްސާގަ ބައިވެރިވެ ވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރި ބޭފުޅުން. ٱلسَّلَامُ عَلَيْكُمْ , وَرَحْمة اللّه وَبَرَكَاتُه 

އާދެ! އިމާމުން ތާޒާ ކުރުމުގެ ޤައުމީ މަޝްރޫޢު 2024 މިއަދު އިފްތިޠާޙް ކުރެވެމުން ދާއިރުގަ  މިމަޝްރޫއާ ބެހޭ ގޮތުން ދެތިން ބަހެއް ދަންނަވާލުމަކީ ބޭނުންތެރި ކަމެއްކަމުގަ އަޅުގަނޑު ދެކެން. އަބަދުވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ފަރާތުން އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދޭ. މިމަޝްރޫޢުގެ ތަފާތަކީ ކޮބައިތޯ އެއީ އުފެދޭ ސުވާލެއް. އޭގެ ޖަވާބަކީ މިމަޝްރޫޢުގަ މިހިމެނޭ ކަންތައްތަކަކީ މިއީ އަލަށް ފަރުމާކުރެވިފައިވާ އަދި ކުރިން އިމާމުންތާޒާ ކުރުމުގެ ޕްރޮގްރާމް ތެރޭގަ ނުހިމެނޭ ބައެއް މޮޑިއުލްސްތައް މީގެ ތެރޭގަ ހިމެނިގެން ކުރިއަށް ގެންދެވޭ ވަރަށްވެސް ޢިލްމީ މަޝްރޫޢެކޭ މިމަޝްރޫޢަކީ މީ.

މި މަޝްރޫޢުގެ ތެރޭގަ ނުވަ މާއްދާ އެއް ހިމެނޭ. އިމާމުން ތާޒާ ކުރެވިގެން ދާއިރުގަ އެޕްރޮގްރާމްގެ ތެރޭގަ 9 މާއްދާއެއް ހިމެނޭ. އޭގެތެރެއިން ފުރަތަމަ މާއްދާއަކީ عَقِيْدَة އާއި اَخْلَاقْ . عَقِيْدَة އާއި اَخْلَاقْ  މި ދެމާއްދާ މި ދެ ދާއިރާ މިވަނީ ގުޅުވާލާފަ . އިންޓާރގްރޭޓް ކޮށްފަ. މީ އިސްލާމީ ފަލްސަފާގެ ތެރެއިން އަޅުގަނޑުމެން ކަނޑައަޅާފައިވާ  ކަމެއް. އެމީހަކު އެ قَبُوْلُ ކުރާ قَبُوْلُ ކުރުން ތަކެއްގެ މައްޗަށް އެމީހެއްގެ اَخْلَاقْ ބިނާވެގެންދާނީ. مَنْكَانَ يُؤُمِنُ بِللَّه وَلْيَوْمِلْ آخِرِ فَلْ يُكْرِمْ ظَعِيْفَه ، ﷲއާއި آخِرَة ދުވަހަށް އީމާންވާ މީހާ އޭނާގެ މެހެމާނަށް ކަމޭހިތާނެ. مَنْكَانَ يُؤُمِنُ بِللَّه وَلْيَوْمِلْ آخِرفَلْ يَقُلْ خَيْرً اَوْلِيَسْمُةُ ، ﷲއާއި آخِرَة ދުވަހަށް އީމާންވާ މީހާ ހެޔޮބަސް ބުނާނެ ނުވަތަ އޭނަ ހަނުހުންނާށެވެ. މިފަދަ ކިތަންމެ ވާހަކަތަކެއް އެބަހުރި ހަދީޘް ފުޅުތަކުން އަޅުގަނޑުމެންނަށް އެނގެން. އެހެންކަމުން عَقِيْدَة އާއި اَخْلَاقْ މިދެދާއިރާ އެއްކުރެވިފަ ވަކި ޚާއްޞަ މޮޑިއުލްއެއް ފަރުމާ ކުރެވިފަ މިވަނީ. މީއިމާމުންނަށް ވަރަށް ގިނަ މަޢުލޫމާތު އޭގެތެރެއިން ލިބިގެންދާނެ. ވަރަށް ޚާއްސަ މާއްދާއަކަށްވާނެ.  

ދެން އޮތީ تَجْوِيْدގެ ވާހަކަ، تَجْوِيْدގެ ފަލްސަފާއާއި تَطْبِيْقِيْ ގެ ބައި މި ޕްރޮގްރާމްގެ ތެރެއިން ތާޒާ ކުރެވޭނެ. އެކަމުގެ ފަންނުވެރި ޢިލްމްވެރިން މެދުވެރިކޮށް.  

ތިންވަނަ މާއްދާއަކަށް މިއޮތީ މުޖުތަމަޢު ބިނާ ކުރުމުގައި މިސްކިތުގެ ދައުރު. މުޖުތަމަޢެއް ބިނާ ކުރުމުގައި މިސްކިތުގެ ދައުރަކީ އެއީ ވަރަށް ބޭނުންތެރި  މުޙިއްމު ދައުރެއް. މިސްކިތަކީ އެއީ ހަމައެކަނި އަޅުގަނޑުމެން ނަމާދުކޮށްލަން ހުންނަ ތަނަކަށް ވެގެން ނުވޭ.  މިސްކިތަކީ އެއީ، އެއަށްވުރެ އިސްލާމީ އުންމަތުގެ މުހިއްމު ދައުރެއް އަދާކުރާ ޢިލްމީ މަރުކަޒެއް. މިސްކިތަކީ އިޖްތިމާޢީ މަރުކަޒެއް، ޢިލްމީ މަރުކަޒެއް،އިސްލާމި އުއްމަތުގެ ފިކުރީ އެއްބައިވަންތަކަން ޤާއިމްކޮށްދޭ މަރުކަޒެއް. އެހެންވީމާ  މަދީނާއަށް ޙިޖުރަ ކުރައްވާފައިވެސް އެންމެ ފުރަތަމަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މިސްކިތް ހިމެނޭ. ބިނާކުރެއްވުން މިސްކިތް ބިނާ ކުރައްވާ މިސްކިތްވެގެންދިޔައީ ދަޢުލަތް ހިންގުމުގެ މާތް މަރުކަޒަށް.  

މިސްކިތް ވެގެން ދިޔައީ އިޖްތިމާޢީ މަރުކަޒަށް. މިސްކިތް ވެގެން ދިޔައީ ތަޢުލީމީ މަރުކަޒަށް، މިސްކިތް ވެގެން ދިޔައީ ތަރުބިއްޔަތުގެ މަރުކަޒަށް. އެހެންވީމަ މިސްކިތުގަ ހުންނަ އިމާމް އެއީ މުޖުތަމަޢުގެ ދީނީ ލީޑަރު މުޅި ކޮމިއުނިޓީއަށް މުޅި ސޮސައިޓީއަށް މަގުދައްކާ އުސްތާޛު. އެހެންވީމާ، މިސްކިތުގެ ދައުރަކީ ކޮބައިކަމާއި ވަރަށް މުޙިއްމު މަޢުލޫމާތުތަކެއް މިމާއްދާގެ ތެރެއިން އިމާމުންނަށް ލިބިގެންދާނެ.  

އަދި އިސްލާމި ޢުއްމަތުގަ އެމިސްކިތްތަކަކަށް މުހިއްމުކަން ދެވޭ މިސްކިތްތަކާއި މަތިވެރި މުޤައްދަސް މިސްކިތްތަކުގެ ވާހަކަ މިމާއްދާގެ ތެރެއިން ކިޔައިދެވޭނެ. އަދި އިސްލާމި އުއްމަތުގަ اَلْمَسْجِدُالْاَقْصَىގެ ދައުރަކީ ކޮބައިކަމާއި އެތަނަށް ދިމާވެފައިހުރި ޙާލަތާއި ގުޅޭ މަޢުލޫމާތު މިމާއްދާގެ ތެރެއިން އުނގަންނައިދެވޭނެ. އެއީ އާލުގަނޑުމެން އުއްމަތުގެ ހާޟިރުގަ އަބަދުވެސް  ހަނދާނުގަ ހުންނަންޖެހޭކަމެއް. اَلْمَسْجِدُالْاَقْصَىގެ ވާހަކައަކީ އެއީ. 

މިއަދު އޮންލައިން