ޝަމީމަށް ހަމަލާދިން މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
ޝަމީމަށް ހަމަލާދިން މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި!

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާގުޅިގެން  ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ބުނެފައިވަނީ ޝަމީމަށް ޙަމަލާދިނީ މޫނު ފޮރުވައިގެން ތިބި ބަޔަކު އެކަން ކުރުމަށް ދުރާލާ ވަރަށް ބޮޑަށް ރާވައިގެންކަމަށާއި އެއީ ކޮންބައެއްކަން ދެނެގަނެވިފައިވާއިރު ޝަމީމަށް ދިން ހަމަލާގެ މައުލޫމާތު ލިބުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ވަސީލަތެއް ތަހުގީގަށް ބޭނުންކޮށްފައިވާނެ ކަމަށެވެ.

ހަމަލާ ދިންތާ މާ ގިނަ ދުވަސްތައް ނުވެ ދެ މީހަކު ހައްޔަރު ކުރެވުނީ އޭގެ ސަބަބުން ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.މި މައްސަލައިގެ ތަހްގީގް ކުރިއަށްދާތީ އިތުރު މަޢުލޫމާތު މިވަގުތު ހާމަކުރެވެން ނެތްކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މިއަދު އޮންލައިން