އިސްލާމިކް މިނިސްޓްރީފާއިތުވި މަދު ދުވަސްކޮޅު ކޮށްފައިވާ މުހިންމު މަސައްކަތްތައް 2

މިއަދު
ކިޔުމަށް ހޭދަވާނީ 26މ 45ސ
އިސްލާމިކް މިނިސްޓްރީފާއިތުވި މަދު ދުވަސްކޮޅު ކޮށްފައިވާ މުހިންމު މަސައްކަތްތައް 2

އިސްލާމިކް މިނިސްޓްރީން އިތުރު ބައްދަލުވުންތައް!: 

·      18 ނޮވެމްބަރ 2023: މިސްރުގެ އެމްބެސެޑަރއާއި ބައްދަލުކުރައްވާ ޢަރަބި ތަޢުލީމު ކުރިއެރުވުމާއި އަދި ދެޤައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން ވާހަކަދެކެވުނު 

·      18 ނޮވެމްބަރ 2023: ފަލަސްތީނުގެ އެމްބެސެޑަރއާއި ބައްދަލުކުރައްވާ ދެޤައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން ވާހަކަދެކެވުނު 

·      18 ނޮވެމްބަރ 2023: ޕާކިސްތާނުގެ މިނިސްޓަރ އޮފް އިންފޮމޭޝަން، ބްރޯޑްކާސްޓިންގް އެންޑް ޕާލިމެނޓް އެފެއާޒާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވާފައިވޭ.  

·      19 ނޮވެމްބަރ 2023؛ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަޑައިގެން މަޝްވަރާތަކުގައި ބައިވެރިވެ، ޚާއްޞަކޮށް އިސްލާމިކް ރިސާޗް އިނިޝިއޭޓިވްސްގެ ދާއިރާއިން އައިޔޫއެމް އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބާރުލުން އިތުރުކުރެވޭނެ މަގުތައް ވެސް ހޯދާފައިވޭ 

·      19 ނޮވެމްބަރ 2023: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސް މެނޭޖްމަންޓުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާއި ވަނީ ބައްދަލު ކުރައްވާފަ  

·      20 ނޮވެމްބަރ 2023: މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ފަތުވާ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އާއި މަޝްވަރާ ކުރައްވާ، ފަތުވާ ކައުންސިލަށް މެމްބަރުން އައްޔަންކުރުމާ ގުޅޭގޮތުން ވާހަކަދެއްކެވި.

·      20 ނޮވެމްބަރ 2023: އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަންގެ (އޯ.އައި.ސީ) އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒާއި މިނިސްޓަރ ޑރ.ޝަހީމް ބައްދަލު ކުރެއްވި 

·      20 ނޮވެމްބަރ 2023:އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަންގެ (އޯ.އައި.ސީ) އެސިސްޓެންޓް ސެކްރެޓަރީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސްޗާންސެލަރއާއި ބައްދަލުކުރެއްވި   

20 ނޮވެމްބަރ 2023:މިނިސްޓަރ އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް އަލްފާޟިލް ޔޫސުފް މުޙައްމަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސީނިއަރ މެނޭޖްމަންޓާއި ބައްދަލު ކުރެއްވި 

·      20 ނޮވެމްބަރ 2023: މިނިސްޓަރ ޑރ،ޝަހީމް އަދި އޯއައިސީ ގެ އެސިސްޓެންޓް ސެކްރަޓަރީ ޖެނެރަލް ދިވެހިރާއްޖޭގެ ޤުރުޢާނާބެހޭ މަރުކަޒަށް ޒިޔާރާތް ކުރެއްވި 

·      20 ނޮވެމްބަރ 2023: މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު މިނިސްޓްރީގެ އިސްލާމިކް ދައުވާ ސެކްޝަންއާއި ބައްދަލު ކުރެއްވި   

·      21 ނޮވެމްބަރ 2023: ގދ ތިނަދޫ އިސްލާމިކް ސެންޓަރގައި އައިޔޫއެމް ކެމްޕަސް ހިންގުމަށް އެއްބަސްވުމެއްގައި މިނިސްޓަރ ސޮއިކުރެއްވި 

·      21 ނޮވެމްބަރ 2023: މިނިސްޓްރީގެ ފުރަތަމަ އެސް.އެމް.ޓީ އެކުލަވާލާ، ފުރަތަމަ މީޓިންގް ބޭއްވުނު  

·      21 ނޮވެމްބަރ 2023: މިނިސްޓަރ ޑޜ. ޝަހީމް ދިވެހިރާއްޖޭގެ ޤުރުޢާނާބެހޭ މަރުކަޒުގެ ސީނިއަރ މެނޭޖްމަންޓް ޓީމާއި ބައްދަލުކުރެއްވި  

·      22 ނޮވެމްބަރ 2023: މިނިސްޓަރ ޑރ. ޝަހީމް، މިނިސްޓްރީ އޮފް ހެލްތާއި ބައްދަލުކުރައްވާ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ކުދިންނަށް ފައިސާގެ އެހީ ޒަކާތު ފަންޑޫން ލިބޭނެ ގޮތާއި ބެހޭގޮތުން މަޝްވަރާކުރެއްވި  

·      22 ނޮވެމްބަރ 2023: ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ރާއްޖޭއަށް ކަނޑައަޅުއްވާފައިހުންނަ ސަފީރާއި ބައްދަލުކުރެއްވި 

·      22 ނޮވެމްބަރ 2023: މަހާލްދީބް ފައުންޑޭޝަންގެ ސީނިއާ މެނޭޖްމަންޓުން އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލުކޮށް އެންޖީއޯގެ މިޝަން ތައާރަފްކޮށް، ދީނީ ހޭލުންތެރިކުރުމުގެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި  

·      23 ނޮވެމްބަރ 2023: އޮސްޓްރޭލިއާގެ ދިވެހިރާއްޖޭގައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ ޝަހީމް ޢަލީ ސަޢީދުއާއި ބައްދަލު ކުރެއްވި

·      26 ނޮވެމްބަރ 2023: ހައްޖާއި އުމްރާ ދުވަސްވަރު ދަތުރުތަކަށް އެއްވެސް ދަތިކަމެއް ނެތި ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ބިއޮންޑް އެއާލައިންސްއާ ގުޅިގެން ކުރެވޭ މަސައްކަތްތަކާއި ގުޅޭ މަޝްވަރާތައް އެ ގްރޫޕުން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލުކުރައްވާ ހިއްސާ ކުރައްވާފައިވޭ 

·      26 ނޮވެމްބަރ 2023: މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް، ޑރ.މުޙައްމަދު ޝުޖާއު އަބްދުލްޙަކީމް ބީއެމްއެލް އިސްލާމިކްއާ ބައްދަލުކުރައްވައި، އަވްޤާފް އިތުރަށް ތަރައްޤީކުރުމާއި، ޒަކާތް ހައުސްއާއި، އިސްލާމިކް ޓީވީ ޗެނަލް ތަރައްޤީކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވި  

·      27 ނޮވެމްބަރ 2023: މިނިސްޓަރ ޑރ.ޝަހީމް އިންޑިއާގެ ސަފީރާއި  ބައްދަލުކުރެއްވި 

·      27 ނޮވެމްބަރ 2023: އެދުފާމް އިންޓަރނޭޝަނަލް ދުބާއީ މެނޭޖިން ޑިރެކްޓަރއާއި މިނިސްޓަރ ޝަހީމް ބައްދަލުކުރެއްވި  

·      28 ނޮވެމްބަރ 2023: މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދާއ އެމް.އޭ.އާރް.އައި.އެސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ސަޢީދާއި ބައްދަލު ކުރެއްވި 

·      28 ނޮވެމްބަރ 2023: ރ.އުނގޫފާރު އިސްލާމިކް ސެންޓަރ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަސްއެއްގޮތުގައި ބޭނުން ކުރުމަށް ހަވާލު ކުރެއްވި  

·      28 ނޮވެމްބަރ 2023: މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދާއި  މިނިސްޓްރީގެ މުވައްޒަފުން ކިންގްޑޮމް އޮފް ސަޢުދީ އަރަބިއްޔާގެ ސަފީރާއި ބައްދަލުކުރައްވާ ވާހަކަދެއްކެވި. އަދި ސައުދީން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި 

·      29 ނޮވެމްބަރ 2023: މިނިސްޓަރ، ގއ.އަތޮޅު ކައުންސިލާއި ބައްދަލުކުރައްވާ މިސްކިތްތައް ބެލެހެއްޓުމާއި ދީނީ ހޭލުންތެރިކަން ރަށުގައި އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި  

·      29 ނޮވެމްބަރ 2023: ގްރޭޓަރ މާލޭ އޭރިއާގެ މިސްކިތްތައް ބެލެހެއްޓުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓަރ ވަނީ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ނަރީޝްއާއި ބައްދަލުކުރައްވާފަ

·      30 ނޮވެމްބަރ 2023: މިނިސްޓަރ ޑރ.ޝަހީމް ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އާއި ބައްދަލުކުރެއްވި  

·      3 ޑިސެމްބަރ 2023: މިސިސްޓަރ ޑރ. ޝަހީމް، މިނިސްޓްރީގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި  

·      4 ޑިސެމްބަރ 2023: ދިރާގުގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރއާއި ބައްދަލުކުރައްވާ މިސްކިތުގެ އެކި ބައިބައިގައި ސްމާޓް ޓީވީ ހަރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި 

·      4 ޑިސެމްބަރ 2023: 1445 ވަނަ އަހަރުގައި ހައްޖުގެ އަޅުކަން އަދާކުރުމަށްދާން ހަމަޖެހިފައިވާ މީހުންގެ ކަންކަން ހަމަޖެއްސުމަށް މިނިސްޓަރ ޑރ.ޝަހީމް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޝަކީލްއާއި ބައްދަލު ކުރެއްވި  

·      4 ޑިސެމްބަރ 2023: މިނިސްޓަރ އަރި އަތޮޅު އޮމަދޫ ކައުންސިލާއު ބައްދަލުކޮށް، މިނިސްޓްރީއާއި ގުޅިގެން މިސްކިތް ބެލެހެއްޓުމާއި ރަށުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި  

·      5 ޑިސެމްބަރ 2023: ޒަކާތު ފަންޑުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޤުރުއާން ކިޔަވައިދިނުމަށް ފަންނީ އެހީތެރިކަން ދިނުންފަދަ ކަންކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް ޑރ.ޝުޖާއު ކެއަރ ސޮސައިޓީއާއި ބައްދަލުކުރައްވާ ވާހަކަދައްކަވާފައިވޭ 

·      6 ޑިސެމްބަރ 2023: މިނިސްޓަރ، އ.ދ އިން ކަޑައަޅާފައި ހުންނަވާ ސަފީރާއި ބައްދަލުކުރައްވާފައިވޭ   

·      6 ޑިސެމްބަރ 2023: ޤައުމީ ޤުރުއާން މުބާރާތް ފުޅާ ދާއިރާއެއްގައި ބޭއްވުމާއި ގުޅޭ މަޝްވަރާތައް ޕަބްލިކްސަރވިސް މީޑީއާ (ޕީ.އެސް.އެމް)ގެ މެނޭޖިން ޑިރެކްޓަރއާއި ބައްދަލުކުރައްވާ ޙިއްސާ ކުރައްވާފައިވޭ

·      7 ޑިސެމްބަރ 2023: މިނިސްޓަރ، ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރާއި، އިސްވެރިންނާއި ބައްދަލުކުރައްވާ އިސްލާމީ އުފާފާޅުކުރުންތައް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް އަމާޒުކޮށްގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވޭ

·      7 ޑިސެމްބަރ 2023: މިނިސްޓަރ ޝަހީމް، ސައުދީގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒަ އާއި ބައްދަލުކުރައްވާ ދެ މިނިސްޓްރީ ދޭތެރޭ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި 

·      8 ޑިސެމްބަރ 2023: މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ގއ. ގެމަނަފުށީ މިސްކިތްތަކުގެ އިމާމުންނާ ބައްދަލުކުރައްވާ އިމާމުންގެ ކަންކަން ކުރިއެރުވުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި  

·      8 ޑިސެމްބަރ 2023:ގއ. ކޮނޑޭގައި އިމާރާތްކުރަމުންދާ މިސްކިތް ބައްލަވާލެއްވި. 

·      9 ޑިސެމްބަރ 2023: މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ގއ. ވިލިނގިލީ މިސްކިތްތަކުގެ އިމާމުންނާ ބައްދަލުކުރައްވާ އިމާމުންގެ ކަންކަން ކުރިއެރުވުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި  

·      9 ޑިސެމްބަރ 2023:ގއ.ދާންދޫގައި އިމާރާތްކުރަމުންދާ މިސްކިތް ބައްލަވާލެއްވި. 

·      10 ޑިސެމްބަރ 2023: ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި އިސްކޫލު ނިންމާފައިވާ ދަރިވަރުންނަށް، ހުކުރުކޮށް ޚުތުބާ ކިޔުމުގެ ހުއްދަ ދިނުމަށް އެސް.އެމް.ޓީ އިން ނިންމުން.

·      11 ޑިސެމްބަރ 2023: މިނިސްޓަރ ޑރ.ޝަހީމް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ސީނިއަރ މެނޭޖްމަންޓާއި ބައްދަލުކުރައްވާ މި ސިނާއަތުގައި މިހާރު ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި، އެކަންކަމާއި ގުޅޭގޮތުން މަޝްވަރާތައްކުރެއްވި 

·      11 ޑިސެމްބަރ 2023: މިނިސްޓަރ ޑރ.ޝަހީމް، ހުވަދު އަތޮޅު ބުރި އަތޮޅު ކައުންސިލް މެމްބަރުންނާއި ބައްދަލުކުރެއްވުން. 

·      11 ޑިސެމްބަރ 2023: ބ.ދަރަވަންދޫ އަދި ދ.ހުޅުދެލި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން 

·      12 ޑިސެމްބަރ 2023: މިނިސްޓަރ، ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބާއި ބައްދަލު ކުރައްވާ ގުޅުން ބަދަހި ކުރައްވާ މަސައްކަތްތަކަށް ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި  

·      12 ޑީސެމްބަރ 2023:މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ ޝަހީމް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރއާއި ބައްދަލުކުރައްވާ ޒަކާތު ފަންޑު ކުރިއެރުވުމާއި ގުޅޭގޮތުން ވާހަކަދެއްކެވި 

·      12 ޑިސެމްބަރ 2023: މިނިސްޓަރ ޑރ.ޝަހީމް، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލްއާއި ބައްދަލު ކުރެއްވެވި 

·      12 ޑިސެމްބަރ 2023: މިނިސްޓަރ، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް  އޮތޯރިޓީގެ ސީނީއާ މެނޭޖްމަންޓްއާއި ބައްދަލު ކުރައްވާ އިސްލާމިކް މިނިސްޓްރީއާއި އެންޑީއެމްއޭއާ ދެމެދު އެއްބާރުލުން ދިނުމާއި، ދެފަރާތުގެ މުހިންމު ކަންކަމުގައި ބިނާކުރަނިވި ޚިޔާލުތަކާއި ވިސްނުންތައް ހިއްސާ ކުރައްވާފައިވޭ 

·      12 ޑިސެމްބަރ 2023: ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތަށް އިސްލާމީ ކަންކަން ހިންގުމުގެ ސްޓްރެޓެޖީ އެކުލަވާލުމަށް މިނިސްޓްރީގެ އިސް މުވައްޒަފުންނާއެކު މިނިސްޓަރ ޑރ ޝަހީމް ބައްދަލު ކުރައްވާ މަޝްވަރާކުރެއްވި  

·      13 ޑިސެމްބަރ 2023: މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ޖަމިއްޔަތުލް ސަލަފާއި އެކު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން، އެ ޖަމިއްޔާގެ ކަންބޮޑުވުންތައް ހިއްސާކޮށް، މިނިސްޓްރީއަށް އެއްބާރުލުންދީ މިނިސްޓްރީގެ ހަރަކާތްތަކުގައި އެ ޖަމިއްޔާގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާ ކޮށްފައިވޭ.      

·      13 ޑިސެމްބަރ 2023: އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އިމާމް ތަމްރީނު ޕްރޮގްރާމްތަކާއި ރިސާލާ ޕްރޮގްރާމް އަދި އެކި ރަށްރަށުގައި ވަޤުފް ޕްރޮގްރާމްތައް ބޭއްވުމުގެ މުހިންމު މަސައްކަތްތަކާ ބެހޭ ގޮތުން (ލ، ކ، ގއ، ގދ، އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީ) ހަތް އަތޮޅުގެ ކައުންސިލްތަކާއެކު ބައްދަލު ކުރައްވާފައިވޭ 

·      14 ޑިސެމްބަރ 2023: އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޕީސް ފައުންޑޭޝަންގެ ހިންގާ ކޮމިޓީއާ ބައްދަލުކުރައްވާފައިވޭ. އެފައުންޑޭޝަނުން އެދިގެން ބޭއްވި ބައްދަލުވުމުގައި ދެ ފަރާތުންވަނީ ޒުވާނުން ހޭލުންތެރިކުރުމާ މެދު ޚިޔާލު ބަދަލުކުރައްވާފަ. 

·      18 ޑިސެމްބަރ 2023: ރަށްރަށުގައި ތިއްބަވާ އިމާމުންނާއެކު ވާޗުއަލް ބައްދަލުވުމެއް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކުރިއަށް ގެންދަވާފައިވޭ. މި ސެޝަންގައި މިނިސްޓަރު ޑރ.ޝަހީމް ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، މި އިމާމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކުރައްވައިފައެވެ 

·      18 ޑިސެމްބަރ 2023: މިނިސްޓަރ، ޒަކާތު ނަފާ ޕްރޮގްރާމްގެ ސްޓިއަރިން ކޮމިޓީއާއި ބައްދަލުކުރެއްވުން. 

·      18 ޑިސެމްބަރ 2023: މިނިސްޓަރ، ފެމިލީ ކޯޓުގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވުން. 

·      19 ޑިސެމްބަރ 2023: ރިސާލަތް ޕްރޮގްރާމާއި ބެހޭގޮތުން އިލްމުވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުން. 

·      19 ޑިސެމްބަރ 2023: އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރ.އަލިފުށީ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވަވާ، އެބޭފުޅުންގެ ކަންބޮޑުވުންތައް އައްސަވައި، ހައްލު ހޯދުމަށް މަޝްވަރާ ކުރެއްވި ކައުންސިލްތަކާއި ގުޅިގެން މިނިސްޓްރީން ކުރިއަށް އޮތް ތަނުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. 

·      19 ޑިސެމްބަރ 2023: އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު  ވަނީ ހއ، ޅ އަދި ދ އަތޮޅުގެ ކައުންސިލް ތަކާއި އެކު އޮންލައިން ބައްދަލުވުމެއްބާއްވައިފައެވެ. މިބައްދަލުވުމުގައި ރިސާލާ ޕްރޮގްރާމް ހިންގުމުގެ މަޝްވަރާތަކުގެ އިތުރުން ރަށު ވަޤުފާއި އަތޮޅު ވަޤުފް ގެ މަޝްވަރާތައްވެސް ކުރެވުން 

·      19 ޑިސެމްބަރ 2023: އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްޓޫޑެންޓް ޔޫނިއަންއާ ބައްދަލުކުރައްވައިފި. ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ ފެކަލްޓީތަކުގެ މެދުގައި ބާއްވާ ޤުރުއާން މުބާރާތް ސްޕޮންސަރކުރުމާއި އެމްއެންޔޫގެ ދަރިވަރުންނަށް އުމްރާ ދަތުރެއް ފަހިކޮށްދިނުމާ ބެހޭ ގޮތުންނެވެ. 

·      އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި  ބައްދަލުކުރެއްވި. މި ބައްދަލުވުމުގައި، މިނިސްޓްރީއާއި އެ ކޯޕަރޭޝަން ގުޅިގެން ކުރިއަށްގެންދެވިދާނެ ހަރަކާތްތަކާއި މެދު ވަނީ މަޝްވަރާ ކުރެވިގެން ގޮސްފައެވެ 

·      20 ޑިސެމްބަރ 2023: ސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމްއާއި ބައްދަލު ކުރެއްވި. މި ބައްދަލުވުމުގައި، މިނިސްޓްރީއާއި ޕީޖީ އޮފީހުން ގުޅިގެން ހިންގިދާނެ ކަންކަމާއި މެދު މަޝްވަރާކުރެވިގެން ދިޔައެވެ. އަދި އެ އޮފީހުން ގުޅިގެން ހިންގަންބޭނުންވާ ހުރިހާ ހަރަކާތްތަކަކަށް މިނިސްޓްރީގެ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ޑރ. ޝަހީމް ވަނީ ދެއްވައިފައެވެ 

·      20 ޑިސެމްބަރ 2023: އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އުނގޫފާރު ކައުންސިލްގެ ބޭފުޅުންނާއި ބައްދަލު ކުރެއްވި. އެ ރަށުގައި އަތޮޅު ވަޤުފް މަޝްރޫޢުއެއް ހިންގުމާއި މެދު ވަނީ ކައުންސިލްގެ ޚިޔާލު ހޯއްދަވައިފައެވެ. މީގެ އިތުރުން އުނގޫފާރުގައި ކުރިއަށްގެންދާ ޑރ. އަފްރާޝީމް ޤުރުއާން މުބާރާތް މިނިސްޓްރީން ސްޕޮންސަރ ކުރައްވާނެ ކަމަށް ވަޒީރު ވަނީ މިބައްދަލުވުމުގައި ވިދާޅުވެފަ 

·      21 ޑިސެމްބަރ 2023: އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލްއާއި ބައްދަލުކުރައްވާ،ބާ މުސްޙަފްތައް ނަތާލުމާއި މެދު މަޝްވަރާކުރައްވައިފައެވެ. 

·      21 ޑިސެމްބަރ 2023: ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވާ މުވައްޒަފުންނާއި ބައްދަލު ކުރެއްވި. އަދި މި ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއިމެދު ހިތްހަމަޖެހުން ފާޅުކުރައްވާ މުވައްޒަފުންނަށް ވަނީ ހިއްވަރުދެއްވައިފަ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރެއްވުމަށް ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި 

·      21 ޑިސެމްބަރ 2023: އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢިލްމުވެރިންނާއި ބައްދަލުކުރައްވާފައިވޭ .އަދި ރަށްރަށުގައި ތިއްބެވި ގިނަ ޢިލްމުވެރިންވެސް ވަނީ އޮންލައިންކޮށް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.  

·      24 ޑިސެމްބަރ 2023: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޑިސެމްބަރު މަހުގައި ޢުމްރާގެ އަޅުކަން އަދާކުރަން ފުރުއްވާ އުމްރާވެރިންނާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރެއްވުން  

·      25 ޑިސެމްބަރ 2023: އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޒުވާން ދިވެހި ހާފިޒުންނާއި ބައްދަލުކުރައްވާފަ. މި ބައްދަލުވުމަކީ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙުނަމާދު ކުރުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުމުގައި، ޒުވާން ދިވެހި ހާފިޒުންނަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ މަޝްވަރާކުރެވިފައެވެ. 

·      25 ޑިސެމްބަރ 2023: އިސްލާމިކް ޔުނިވަރސިޓީގެ އިސްވެރިންނާއި ބައްދަލުކުރައްވާ އޯޑިއޯބޫކްސް ތައްޔާރުކުރުމާއި، އައި.ޔޫ.އެމްގެ މުވައްޒަފުންނަށް ޕީ.އެޗް.ޑީ ގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި. 

·      25 ޑިސެމްބަރ 2023: މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލްޙަކީމް، ރަށު ކައުންސިލްތަކާއި ބައްދަލުކުރެއްވި. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމުގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމާއި، އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައުޤާފް ވަޞީލަތްތައް ޤާއިމުކުރުމާއި، އެތަންތަނުގެ ބޭނުން ހަރުދަނާގޮތެއްގައި ހިފުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުން  

·      26 ޑިސެމްބަރ 2023: މިނިސްޓަރ ޑރ. ޝަހީމް، ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވާފައިވޭ.  

·      28 ޑިސެމްބަރ 2023: މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް އިފްތިތާހް ކުރުން. 

·      28 ޑިސެމްބަރ 2023: އުއްމީދު ޖަމިއްޔާއާއި ބައްދަލުކުރެއްވުން. 

·      02 ޖެނުއަރީ 2024: މިނިސްޓަރ، ބަންގްލްދޭޝް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނަރ އާއި ބައްދަލުކުރެއްވި. 

·      3 ޖަނަވަރީ 2024: އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ ޝަހީމް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިސް ވެރިންނާއި ބައްދަލުކުރެއްވުން  

·      3 ޖަނަވަރީ 2024: އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ ޝަހީމް، ސިވިލް ސަރވިސް ކޮމިޝަންގެ އިސް ވެރިންނާއި  ބައްދަލުކުރެއްވުން  

·      3 ޖަނަވަރީ 2023: : އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ ޝަހީމް، ނެޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ވެރިންނާއި ބައްދަލުކުރެއްވި 

·      04 ޖެނުއަރީ 2024: މިނިސްޓަރ، އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާއި ބައްދަލުކުރުން. 

·      04 ޖެނުއަރީ 2024: ކ.ގުރައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދެވި ޤުރުއާން މުބާރާތް ޝަރަފްވެރި ކޮށްދެއްވުމަށް މިނިސްޓަރ އަދި މިނިސްޓްރީގެ ޓީމެއް ކ.ގުރައިދޫއަށް ވަޑައިގެންނެވި. 

·      05 ޖެނުއަރީ 2024: 05-15 ޖެނުއަރީ އަށް މިނިސްޓަރ އަދި ޑެލިގޭޝަން ސައުދީއަރަބިއްޔާއަށް ރަސްމީދަތުރެއްކުރެއްވި. 

·      17 ޖަނަވަރީ 2024: މިނިސްޓަރ، މާފަންނު މަދަރުސާގެ ޕްރިންސިޕަލްއާއި ބައްދަލުކުރައްވާ ޙިޔާލު ބަދަލުކުރައްވާފައިވޭ 

·      17 ޖަނަވަރީ 2024: މިނިސްޓަރ، ހއ.އުތީމު ކައުންސިލާއި ބައްދަލުކުރައްވާ، މިސްކިތްތައް ހިންގުމާއި ގުޅޭގޮތުންނާއި ރަށުގައި ދީނީ މައުލޫމާތު ފެތުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވޭ 

·      18 ޖަނަވަރީ 2024: މިނިސްޓަރ، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ބައްދަލުކުރައްވާ ދެމެދުގައި ކަންބޮޑުވާ އަދި ގުޅުންހުރި ކަންކަމުގައި މަޝްވަރާތަކެއް ކުރައްވާފައިވޭ  

·      18 ޖަނަވަރީ 2024: މިނިސްޓަރ، ޤިބްލަ ޙައްޖު އެންޑް އުމްރާ ގްރުޕްއާއި ބައްދަލުކުރައްވާ އެފަރާތުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވޭ. އަދި މިކަންކަމަށް އަވަސް ހައްލެއް ގެނެވޭނެ ގޮތާއިމެދު މަޝްވަރާކުރައްވާފައިވޭ  

·      18 ޖެނުއަރީ 2024: މިނިސްޓަރ، ސައުދީއަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ އިސްބޭފުޅުންނާއެކު އޮންލައިންކޮށް ބައްދަލުކުރައްވާ، ހައްޖުވެރިންނަށް ދެވޭ ހިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި. 

·      18 ޖެނުއަރީ 2024: މިނިސްޓަރ، ޤުރުއާނާ ބެހޭ މަރުކަޒަށް ޒިޔާރަތްކުރައްވާ މުވައްޒަފުންނާއި ބައްދަލުކުރެއްވި.

·      18 ޖެނުއަރީ 2024: މިނިސްޓަރ، ބ.މާޅޮހު ކައުންސިލާއި ބައްދަލުކުރެއްވި. 

·      18 ޖެނުއަރީ 2024: މިނިސްޓަރ، މިސުރުގައި އޮންނަ ހިފްޒް ޤްރުއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ދަރިވަރު، މޫސާ އަސްހަލް އަޝްރަފްއާއި ބައްދަލުކުރައްވާ ހިތްވަރުދެއްވި. 

·      21 ޖަނަވަރީ 2024: ލައިބްރަރީ ޕްރޮފެޝަނަލް މަހާސިން އަހުމަދު ދީ.ދީ އާއި ބައްދަލު ކުރެއްވި. 

·      22 ޖަނަވަރީ 2024: ކުރިއަށް އޮތް ރަމަޟާން ފެށުމަށް ހަމަޖެހިފައިވާ އިސްލާމީ ޙަޟާރަތާ ގުޅޭ ޕްރޮގްރާމްގެ މަޝްވަރާތައް ކުރުމަށް މިނިސްޓަރ، ޓީ.ވީ.އެމް އާއި އެކު ބައްދަލުކުރެއްވުން 

·       22 ޖަނަވަރީ 2024: މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު، ލ.މާމެންދޫ ކައުންސިލްއާއި ބައްދަލު ކުރައްވާ މިސްކިތް މަރާމާތު ކުރުމާއި ޚާއްޞަކޮށް ރަމަޟާން މަސް ކައިރިވަމުންދާތީ އެކަމާ ގުޅުންހުރި ކަންކަމާ ގުޅޭ މަޝްވަރާތައް ވަނީ ކުރައްވާފައެވެ.  

·       22 ޖަނަވަރީ 2024: އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އިނގިރޭސި ވިލާތުގެ ހައިކޮމިޝަނަރއާއި ބައްދަލުކުރައްވާ ވާހަކަދައްކަވާފައިވޭ.  

·      23 ޖަނަވަރީ 2024: މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް، ތ.އަގޮޅު ކައުންސިލް ތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މިސްކިތްތައް މަރާމާތުކުރުމާއި ރިސާލާ ޕްރޮގްރާމާއި ގުޅޭ މަޝްވަރާތައް ކުރައްވާފައިވެއެވެ. ތ އަތޮޅުން މިނިސްޓަރ ޝަހީމް ބައްދަލު ކުރެއްވި ރަށްތަކުގައި، ތ.ގާދިއްފުށި، ތ.ވިލުފުށި، ތ.ދިޔަމިގިލި، ތ.ތިމަރަފުށި، ތ.ވޭމަންޑޫ، ތ.ހިރިލަންދޫ، ތ.ކިނބިދޫ، ތ.ވަންދޫ އަދި ތ.ކަނޑޫދޫ ކައުންސިލް ހިމެނެއެވެ.  

·      23 ޖަނަވަރީ 2024: މިނިސްޓަރ ޝަހީމް، ޔޫއޭއީން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ބައްދަލު ކުރެއްވި. މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީގައި މިހާރު ކުރިއަށްދާ ކަންކަމާއި ގުޅޭގޮތުން  މަޝްވަރާކުރައްވާފައިވޭ. އަދީ ޔޫއޭއީން ދިވެހިރާއްޖެއަށް ދެމުންގެންދާ އެއްބާރުލުން ފާހަގަ ކުރައްވާ ކުރިއަށްހުރި ކަންކަމާއިގުޅޭ މަޝްވަރާތައްވެސް ކުރައްވާފައިވޭ 

·      24 ޖަނަވަރީ 2024: މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ބ.ކުޑަރިކިލު ކައުންސިލާއި ބައްދަލު ކުރައްވާފައިވޭ، މި ބައްދަލުކުރެއްވުމުގައި އެރަށުގައި ޖާގަ ތަނަވަސް މިސްކިތެއް އެޅުމާއި ގުޅޭގޮތުންނާއި ރިސާލާ ޕްރްގްރާމްއާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވޭ.  

·      25 ޖަނަވަރީ 2024: މިނިސްޓަރ ޑރ ޝަހީމް، އއ. ފެރިދޫ ކައުންސިލާއި ބައްދަލުކޮށް މިސްކިތް މަރާމާތުކުރުމާއި ރިސާލާ ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި.  

·      29 ޖަނަވަރީ 2024: މިނިސްޓަރ، މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މޭޔަރ އަލްފާޟިލް އާދަމް އާޒިމްއާއި ބައްދަލުކުރައްވާ މާލެ ސިޓީ މިސްކިތްތައް ބެލެހެއްޓުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި.

·      30 ޖަނަވަރީ 2024: މިނިސްޓަރ، މޯލްޑިވްސް އެއަރޕޯޓސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ޝަރީފް މުޙައްމަދްއާއި ބައްދަލު ކުރެއްވި 

·      30 ޖަނަވަރީ 2024: މިނިސްޓަރ، ހދ.ނެއްލައިދޫ ކައުންސިލްގެ އިސްވެރިންނާއި ބައްދަލު ކުރެއްވި. މިބައްދަލުވުމުގައި ނެއްލައިދޫގައި އައު މިސްކިތެއް އެޅުމާއި، ކީރިތި ޤުރުޢާނާއި ބެހޭ މަޒުކަޒުގެ ގޮތްޕެއް ގާއިމް ކުރުމާއި ވަޤުފް ބިނާއެއް ޤާއިމް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

 

ފާހަގަ ކޮށްލެވޭ ކަންކަން! 

·      އަވްޤާފް ފަންޑު ތަރައްޤީކުރުމަށް ނިންމުން

·      ހިދާޔަތުގެ އަލި މަޖައްލާ އަލުން ފަށަން ނިންމުން

·      ޒުވާން ޖީލަށް އިސްލާމީ ތަރުބިއްޔަތު ދިނުމަށް "ދަ މެސެޖް" ތަޢާރަފްކުރަން ނިންމުން

·      ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ދީނީ ތައުލީމު ދިނުމަށް އިސްލާމީ މަރުކަޒުތަކުގެ ޙިދުމަތް ރައްޔިތުންނަށް ލިބޭނެގޮތް ހެއްދެވުން

·      ޒަކާތު ފަންޑު އިތުރަށް ތަރައްޤީކުރުމުގެ ގޮތުން ޒަކާތު ހައުސް އުފެއްދަން ނިންމުން

·      ޤުރުޢާނާބެހޭ މަރުކަޒު ތަރައްޤީކޮށް ޤައުމީ ޤުރުޢާން މުބާރާތުގެ ފެންވަރު ރަނގަޅުކުރުމަށް ނިންމުން

·      އިސްލާމިކް ސްޓޫޑިއޯ ތަރައްޤީކޮށް ފަތުވާ ކައުންސިލް ތަރައްޤީކުރުން

·      ޙައްޖު ފަންޑު ތަރައްޤީކުރުމަށް ނިންމުން

·      ހުކުރު ހުތުބާ ސައިންލެންގުއޭޖުން ޓީވީ މޯލްޑިވްސް އިން ގެނެސްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. އެގޮތުން 02 ފެބްރުއަރީ ވަނަ ދުވަހުގެ ހުކުރު ޚުތުބާ ސައިންލެންގުއޭޖުން ވެސް ގެނެސް ދެވޭނެ. 

މީގެތެރެއިން ބައެއް ކަންކަމަކީ އިސްލާމީ ވަޒީރުކަމުގައި ހުންނަވައިގެން މީގެކުރިންވެސް ކުރައްވަން ފަށްޓަވާފައިވާ މަސައްކަތްތަކެވެ. ފުރިހަމަކުރައްވައި ނިންމަވައި ލެއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަތުމުން ހުއްޓުނު މަސައްކަތްތަކެވެ. 

އިސްލާމިކް މިނިސްޓްރީ ހިންގުން 2018 ވަނަ އަހަރު ބަދަލުވުމުން އެ މިހުންމު މަސައްކަތްތައް ވަނީ އިތުރަށް ކުރިއަށް ނުގެންގޮސްފައެވެ. ނަތީޖާ އެންމެންގެ ލޯތަކަށްވަނީ ފެނިފައެވެ. 

ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަން ކުރިއަރުވަން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރައްވަވާ މަސައްކަތްތައް ފުރިހަމަވެ އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބިގެން ދިއުމަކީ ދީނަށް ލޯބިކުރާ ދިވަހި ރައްޔިތުންގެ އެންމެ ބޮޑު އުންމީދެވެ. ދުޢާއަކީ އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ބަރަކާތް ލައްވަވައި ތައުފީޤް މިންވަރުކުރެއްވެވުމެވެ. އާމީން

މިއަދު އޮންލައިން