އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ އަޑަށްވުރެ ބާރުމިނުގައި ކަމަށް ބުނަންޖެހެނީ ހިންގުމާއި ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރުގެ ނަންފުޅަށް ބަލައިގެނެއް ނޫނެވެ. މަޤާމާއި ޙަވާލުެވެވަދައިގެންނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި (3 މަސް ނުވަނީސް) މިހާރުވެސް ކުރައްވާފައިވާ ޚިދުމަތްތަކާއި ފަސްތަވާފައިވާ މަޝްރޫޢުތަކަސް ބަލައިގެންނެވެ.
މިކަންކަން އެނގޭ، ޤަބޫލުކުރާ ރައްޔިތުން ތިބީ ވަރަށް އުފަކުންނެވެ. ހިތްހަމަޖެހިގެންނެވެ. 5 އަހަރުވަންދެން ފަރަކަށް ބީހިފައި ހުރި ވުޒާރާ ފަރުން ފުންކުރައްވައި ބާރު ސްޕީޑުގައި ދަތުރުފަށްޓަވައި އެންމެ މަތީ ގިއަރުގައި ކުރިއަށް ގެންދާތަން ލޮލަށް ފެންނާތީއެވެ.
އެކަކަން އެނގިވަޑައި ނުގެން ތިއްބެވި ބޭފުޅުންނަށްޓަކައި މުހިންމު އުސްއަލިތައް ފާހަގަކޮށްލާނަމެވެ.
އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ކޮށްފައިވާ ބައެއް މުހިންމު މަސައްކަތްތައް!
ކުރިއަށްގެންގޮސްފައިވާ މުހިއްމު ބައްދަލުވުންތައް:
· 10 ޑިސެމްބަރ 2023: ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޙުތުބާ ކިއުމުގެ ހުއްދަދިނުމުގެ މަސައްކަތް ފެށުން.
· 14 ޑިސެމްބަރ 2024: އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމް ކުރިއަށްގެންގޮސްފައިވޭ. އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި ސްޓޭކް ހޯލްޑަރުން ބައިވެރިވެފައިވޭ.
· 17 ޑިސެމްބަރ 2023: ދިވެހިރާއްޖެ އަށް ލިބިފައިވާ ހައްޖު ކޯޓާ އެއްކޮށް ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ހަވާލު ކުރެވިފަ.
· 21 ޑިސެމްބަރ 2023: މިނިސްޓްރީގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމާއި ގުޅޭގޮތުން ޓްރޭޑްނެޓާއި އެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފައިވޭ.
· 28 ޑިސެމްބަރ 2023: މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އިފްތިތާޙުކޮށްފި.
· 1 ޖަނަވަރީ 2024: ރަސްމީކޮށް މިސްކިތްތަކުގެ ހާލަތު ބަލުމަށް ޓިމެއް ހަމަޖައްސާ، ސިޓީކައުންސިލާ ގުޅިގެން މަސައްކަތް ފެއްޓެވުން
· 2 ޖަނަވަރީ 2024: ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އިސްލާމީ ޝަރީޢަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤާއިމްކުރެވޭ ޒަކާތާއި ޞަދަޤާތުގެ ޢަދުލުވެރި އަދި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތްނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ ދަށުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހްކުރުން.
· 3 ޖަނަވަރީ 2024: އިސްލާމީ ޞައްޙަ އަޤީދާގެ މައްޗަށް ޒުވާނުންނާއި މުޖުތަމައު ތަރުބިއްޔަތު ކުރުމުގެ ގޮތުން "ރިސާލަތު" ޕްރޮގްރާމް އިފްތިތާޙް ކުރުން.
· 4 ޖަނަވަރީ 2024: ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވަޤުފް މަޝްރޫޢުތައް މުޅިރާއްޖޭގައި ހިންގުމުގެ މަސައްކަތަށް ސިޓީ ވަޤުފާއި އަތޮޅު ވަޤުފު އިފްތިތާހްކުރުން.
· 5 ޖަނަވަރީ 2024: ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާގެ ފަރާތުން އިންތިޒާމް ކުރައްވައިގެން ބޭއްވި ޙައްޖު އެންޑް އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2024ގައި ބައިވެރިވުމަށް ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާގެ ފަރާތުން ދެއްވި ދަޢުވަތު ޤަބޫލުފުޅުކުރައްވައި، މިނިސްޓްރީގެ 5 ބޭފުޅުންގެ ވަފްދެއް 2024 ޖެނުއަރީ 05 - 15 އަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
· 7 ޖަނަވަރީ 2024: 1445ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ކުރިއަށް ދާނެ ކަންކަމާއި ގުޅޭ ގޮތުން ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާ އާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއެކު ވެވޭ އެގްރިމެންޓްގައި ސޮއިކުރުން.
· 7 ޖަނަވަރީ 2024: 1445ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ކުރިއަށް ދާނެ ކަންކަމާއި ގުޅޭ ގޮތުން ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާ އާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއެކު ވެވޭ އެގްރިމެންޓްގައި ސޮއިކުރުން.
· 8 ޖަނަވަރީ 2024: މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ، މުޙައްމަދު ޝަހީމް އަލީ ސަޢީދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ހިސެން ބްރަހިމް ތަހާ އާއި ބައްދަލު ކުރެއްވުން.
· 8 ޖަނަވަރީ 2024: މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ، މުޙައްމަދު ޝަހީމް އަލީ ސަޢީދު، ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށް ޒިޔާރަތްކޮށް ފަސްޓް ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު ރަމިޒާއި ބައްދަލުކުރެއްވުން.
· 8 ޖަނަވަރީ 2024: ހައްޖު އެންޑް އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2024 ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަދި ޑެލިގޭޝަން ބައިވެރިވެ ވަޑައިގެންނެވި.
· 9 ޖަނަވަރީ 2024: އިންޓަނޭޝަނަލް އިސްލާމިކް ފިގްހް އެކެޑަމީގެ ޖެނެރަލް ސެކްރެޓަރީ ދާތޯ ޕްރޮފެސަރ ކުތޯބް މުސްތަފާ ސަނޯ އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލު ކުރެއްވި
· 10 ޖަނަވަރީ 2024: މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު، ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ހައްޖު ޑރ. ތައުފީޤް ބިން ފައުޒާން އާއި ބައްދަލުކުރެއްވުން.
· 10 ޖަނަވަރީ 2024: ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އިން އިންތިޒާމްކޮށްފައިވާ ހައްޖު އެންޑް އުމްރާ ސަރވިސަސް ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ސްޓޯލްތަކަށް މިނިސްޓަރ އޮފް އިސްލާމިކް އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ޑެލިގޭޝަން ޒިޔާރަތްކުރެއްވުން.
· 11 ޖަނަވަރީ 2024: މިނިސްޓަރ އޮފް އިސްލާމިކް އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ޑެލިގޭޝަން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު ( އައި.ޑީ.ބީ)ގެ ވަޤްފު އިންވެސްޓްމަންޓްގެ ވެރިންނާއި ބައްދަލުކުރެއްވުން.
· 11 ޖަނަވަރީ 2024: މިނިސްޓަރ އޮފް އިސްލާމިކް އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ޑެލިގޭޝަން އިންސްޓިޓިއުޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ޑިރެކްޓަރ ޖެނެރަލް ޑރ. ސާމި އިބްރާހިމް އައްސުވައިލިއްޔާ އާއި ބައްދަލުކުރެއްވުން.
· 12 ޖަނަވަރީ 2024: މިނިސްޓްރީ އޮފް އިސްލާމިކް އޮފް އިސްލާމިކް އެފެއާޒް އާއި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އާއެކު މިނާއާއި ޢަރަފާތާއި މުޒްދަލިފާގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި ގުޅޭ ފަހުމުނާމާގައި ސޮއިކުރުން. މިނިސްޓްރީ އޮފް އިސްލާމިކް އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު އުސާމް މުހައްމަދު ސައީދެވެ.
· 14 ޖަނަވަރީ 2024: މިނިސްޓަރ އޮފް އިސްލާމިކް އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ޑެލިގޭޝަން މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރައްމާން ބިން އަބްދުﷲ އަލްޒައިދް އާއި ބައްދަލުކުރެއްވުން.
· ޒަކާތު ފަންޑު، އަވްޤާފް ފަންޑު އަދި ޙައްޖު ފަންޑު ތަރައްޤީ ކުރުމަށް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) އާއި ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި ސޮއިކުރުން.
· ޚިދްމަތްތައް ޑިޖިޓަލައިޒްކޮށް އިތުރަށް ތަރައްޤީ ކުރުމަށް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި ސޮއިކުރުން.
· 5 ޖަނަވަރީ 2024؛ ސަޢުދީއަރަބިއްޔާގެ ޙައްޖު އެންޑް އުމްރާގެ މިނިސްޓަރ ޑރ ތައުފީޤް ބިން ފައުޒާން އައްރަބީޢާގެ ދަޢުވަތަކަށް ހައްޖު ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރަސްމީ ދަތުރުފުޅެއް ކުރެއްވުން. މިދަތުރުގައި ޙައްޖާއި ޢުމްރާއާއި ގުޅޭ އެއްބަސް ވުމުގައި ސޮއިކުރުން.
· މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސައުދީ ޢަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޙައްޖް އެންޑް ޢުމްރާ ޑރ. ޢަބްދުލް ފައްތާޙް ބިން ސުލައިމާންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރާތެއް ކުރެއްވުން. މި ޒިޔާރާތުގައި ރާއްޖޭގެ ޙައްޖު ކޯޓާ އިތުރުކުރުމާއި ގުޅޭގޮތުންނާއި ރާއްޖޭގެ ޙާޖީން މިނާއާއި ޢަރަފާތުގައި ތިބޭ ތަނަކީ، ފެންވަރު ރަނގަޅު ތަނަކަށް ބަދަލުކުރުމާއިމެދު ވަނީ މަޝްވަރާކުރައްވާފައެވެ.
· 1445 ވަނަ އަހަރުގެ ހައްޖު ޙިދުމަތުގެ އެއްބަސްވުމުގައި ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން.
· އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީ އާއި ރާއްޖޭގެ އިސްލާމީ ކަންތައް ތަކާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާގައި ސޮއިކުރުން.
· 19 ޖަނަވަރީ 2024 ގައި ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތްތަކަށް ޒިޔާރާތް ކުރައްވާ، މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވި. 6 މިސްކިތަކަށް ޒިޔާރާތް ކުރައްވާފައިވައި، އެ މިސްކިތްތަކުން ބައެއް މިސްކިތްތައް އަންނަ ރޯދައަށް ނިމޭނެކަމަށާއި ބައެއް މިސްކިތްތައް ރޯދައިގެ ފަހުން ނިމޭނެކަމަށް މިސްކިތްތައް އިމާރާތް ކުރާ ފަރާތްތަކުން ހާމަކޮށްފައިވެއެ.
· 24 ޖަނަވަރީ 2024: އިސްލާމިކް ޗެރިޓީ ފަންޑުން ޒަމާނީ ފެންވަރަށް ތައްޔާރުކުރެވިފައިވާ މެޑިކަލް އެނދު ކ. ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާކޮށްފައިވޭ.
· 24 ޖަނަވަރީ 2024: ހިލޭ އެހީގެ ދަށުން މިސްކިތް އިމާރާތްކުރުމަށްޓަކައި އަލީމް ފައުންޑޭޝަންއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރި.
· 25 ޖަނަވަރީ 2024: ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓް ރަސްމީކޮށް ލޯންޗްކުރުން
· 25 ޖަނަވަރީ 2024: ހިލޭ އެހީގެ ދަށުން މަސްޖިދު ޔޫސުފުލްބަރުބަރީ ހުރި ބިމުގައި އައު މިސްކިތެއް އިމާރާތްކުރުމަށް އެދޭފަރާތާ ދެމެދު ފަހުމުނާމާގައި ސޮއިކުރުން.
· 30 ޖަނަވަރީ 2024: ރައީސް ޑރ މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ އިސްލާމީ ދާއިރާގެ ވައުދުތައް ތަންފީޒުކުރާނެ ގޮތުގެ އެކްޝަން ޕްލޭނާއި 2024 ވަނަ އަހަރުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެކްޓިވިޓީ ކަލަންޑަރު ލޯންޗުކުރުން.
· އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙްކުރުން.
· ހުކުރު ހުތުބާ ސައިންލެންގުއޭޖުން ޓީވީ މޯލްޑިވްސް އިން ގެނެސްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. އެގޮތުން 02 ފެބްރުއަރީ ވަނަ ދުވަހުގެ ހުކުރު ޚުތުބާ ސައިންލެންގުއޭޖުން ވެސް ގެނެސް ދެވޭނެ.
ގުޅުންހުރި އިތުރު ކަންކަން ވިދާޅުވަން ލިންކަށް ފިއްތަވައިލައްވާ!:
އިސްލާމިކް މިނިސްޓްރީފާއިތުވި މަދު ދުވަސްކޮޅު ކޮށްފައިވާ މުހިންމު މަސައްކަތްތައް (2)