އިސްލަމިކް މިނިސްޓްރީން މިއަހަރުގެ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
އިސްލަމިކް މިނިސްޓްރީން މިއަހަރުގެ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފި

އިސްލަމިކް މިނިސްޓްރީން މިއަހަރުގެ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފިއެވެ. 

އިސްލަމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އިފްތިތާޙްކޮށްދެއްވި މި ޕްލޭނަކީ އިސްލާމްދީނުގެ ޝިއާރުތައް ފާޅުކުރުމާއި ދީނީ މަޢުލޫމާތު ފެތުރުމުގައި ފަސޭހަ ގޮތްތަކެއް ޤާއިމްކޮށް ދިވެހިންގެ މެދުގައި ދީނީ އެއްބައްވަންތަކަށް ދަމަހައްޓާއި ދީނީ ގޮތުން ހޭލުންތެރި މުޖުތަމައުއެއް ބިނާކުރުމުގެ އަމާޒުގައި އެކުލަވާލާފައިވާ ޕްލޭންއެކެވެ.

ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ "އެކި ދުވަސްވަރު މި މަޤާމުގައި ހުންނަ މީހަކަށް އެކި ރޯޅިތައް އާދޭ. މި މުއައްސަސާއިން އަބަދުވެސް ވަނީ ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރާ މުއައްސަސާއަކަށް ވެފައި. އަޅުގަނޑުގެ އިޚްލާސްތެރި ދުޢާއަކީ މި ޕްލޭންގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްގޮސް އަގުހުރި ޚިދުމަތްތަކެއް ޤައުމަށް ކޮށްދޭ މުއައްސަސާއަކަށް މި މުއައްސަސާވުން." ކަމަށެވެ.

މި އެކްޝަން ޕްލޭން އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރުމަށް ހިމަނާފައިވާ ކަންތައްތައްތަކުގެ މައްޗަށެވެ. އަދި މި ޕްލޭންގައި ހުރި ކަންކަން ހާސިލްކުރުމަށްޓަކައި އަހަރުގެ އެކި ދުވަސްވަރު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.

މި ޕްލޭންގައި ހިމެނޭ ކަންކަން ހާސިލްކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ޝަހީމް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން