ދުނިޔޭގެ ކޯޓުގެ ޙުކުމާ ގުޅިގެން ރާއްޖެއިން ދެކެނީ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރުން ހުއްޓާލައި ޞުލްޙަވެރި އެއްބަސްވުމެއް ޤާއިމުކުރަން ޖެހޭ ކަމަށް!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ކިޔުމަށް ހޭދަވާނީ 2މ 10ސ
ދުނިޔޭގެ ކޯޓުގެ ޙުކުމާ ގުޅިގެން ރާއްޖެއިން ދެކެނީ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރުން ހުއްޓާލައި ޞުލްޙަވެރި އެއްބަސްވުމެއް ޤާއިމުކުރަން ޖެހޭ ކަމަށް!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އިޒްރޭލާއި ދެކޮޅަށް ސައުތުއެފްރިކާއިން ދުނިޔޭގެ ކޯޓަށް ހުށަހެޅި މައްސަލައަށް ދުނިޔޭގެ ކޯޓުން މިއަދު ކުރި ޙުކުމާއި ގުޅިގެން ރާއްޖެއިން ދެކެނީ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރުން ހުއްޓާލައި ޞުލްޙަވެރި އެއްބަސްވުމެއް ޤާއިމުކުރަން ޖެހޭ ކަމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ  ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް ޑރ. މުޢިއްޒު އެކަން ހާމަކުރައްވާފައިވަނީ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އުދުވާނުތައް ހުއްޓަލުމަށް އިސްރާއިލުގެ މައްޗަށް އ.ދގެ އެންމެ މަތީ ކޯޓު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)ން މިއަދު ކުރި އަމުރާ ގުޅިގެން ކުރައްވާފައިވާ އެކްސްޕޯސްޓެއްގައެވެ. 

ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ކޯޓުގެ ނިންމުމާއި އެއްގޮތަށް މިހާރުން މިހާރަށް ޙަމާތައް ހުއްޓާލުމަށް ގޮވާލައްވާކަމަށެވެ. ހަމައެއާއެކު ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކޮށް، ޙިމާޔަތްކުރުމަށް ވެސް ރައީސް ވަނީ ގޮވާލައްވައިފައެވެ. 

ރައީސް ޑރ. މުޢިއްޒުގެ ޕޯސްޓުގައި ވަނީ ކޮންމެ އިންސާނަކީވެސް އަގުހުރި މީހެއްކަމާއި ކޮންމެ ފުރާނައަކީވެސް އަގުބޮޑުއެއްޗެއްކަން ފާހަގަކުރައްވައި އެއްވެސް އިސްތިސްނާއެއް ނެތި އެންމެހައި އިންސާނުން ޙިމާޔަތްކުރަންޖެހޭކަން ވެސް ފާހަގަކުރައްވައިފައެވެ. 

"ބޮން އެޅުމާ، މީސްތަކުން ވިއްސިވިހާލި ކުރުމާ ނަސްލު ނައްތައިލުމުގެ ޢަމަލުތަކަކުން ޞުލްޙައެއް ނުހޯދޭނެ!"  

މައްސަލައަށް ދާއިމީ ޙާލެއް ހޯދުމަށްޓަކައި 1967ގެ ކުރިން އޮތް ގޮތަށް ޕަލަސްތީނުން މިނިވަން ދަޢުލަތް ޤާއިމުކުރެއްވުމަށް ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.

ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގެ މައްސަލަ ދުނިޔޭގެ ކޯޓުގެ ގޮތުގައި ބެލެވޭ އައި.ސީ.ޖޭއަށް ހުށަހަޅާފައި ވަނީ ދެކުނު އެފްރިކާއިންނެވެ. އެހެންކަމުން މިފަހަރު މުސްލިމުންގެ ދިފާޢުގައި މުސްލިމުންނަށް ޙައްޤު ހޯދައިދޭން އިސްނަގައިގެން މަސައްކަތްކޮށްފައިވަނީ ސައުތު އެފްރިކާއިންނެވެ. 

އެކަމަސްޓަކައި މުސްލިމުންގެ އިސް ދީނީ ޢިލްމުވެރިންވެސް ގެންދަވަނީ ސައުތުއެފްރިކާއަށްތަޢްރީފްކުރައްވަމުންނެވެ. 

މިއަދު އޮންލައިން