އެއިރު އަދި އިސްލާމް ނުވެތިބެ ނަމަވެސް އިސްލާމް ދީނަށް ނަޞްރުދިން ޤުރައިޝުންގެ ދަރަޖަ ސައުތު އެފްރިކާއަށް ޙައްޤު ވެއްޖެ: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އެއިރު އަދި އިސްލާމް ނުވެތިބެ ނަމަވެސް އިސްލާމް ދީނަށް ނަޞްރުދިން ޤުރައިޝުންގެ ދަރަޖަ ސައުތު އެފްރިކާއަށް ޙައްޤު ވެއްޖެ: ޑރ. ޔާސިރު ޤާޟީ

ފިރުއަޢުންތަކަށް ﷲ ތަޢާލާގެ ޢަދާވާތްތެރިން ފެނުނީ އެންމެ ގާތް އެކުވެރިންގެ ގޮތުގައެވެ. މިއަދު އަހުރެމެންގެ ލޯތަކަށް ފެންނަމުން މިދަނީ އެކަމެވެ. 

މުސްލިމް އުންމަތް ނުކެޅެދިފައިވަނިކޮށް އިޒްރޭލުގެ މައްސަލަ ބައިނަލްއަޤްވާމީ ކޯޓަށް ވައްދަން ސައުތުއެފްރިކާއަށް ކެރިއްޖެއެވެ. އެމީހުން ހިންގާފައިވާ ޖަރީމާތައް ލިސްޓްކޮށް ވަކިވަކިން ބަޔާންކޮށްފިއެވެ. 

އުފާކުރަންޖެހޭ ކަމަކީ އެކަންކުރާނެ ބައަކު މާތް ﷲ މެދުވެރިކުރެއްވެވިކަމެވެ. އެމީހުންނަށް އެކަންކުރުމުގެ ހިތްވަރާއި ބާރު ދެއްވެވިކަމެވެ. 

އިސްލާމް ނުވާ ބައަކަށް މުސްލިމުންގެ ދަރަޖައެއް ނުދެވޭނެއެވެ. އެހެނަސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި (އެއިރު އަދި އިސްލާމް ނުވެތިބެ ނަމަވެސް) އިސްލާމް ދީނަށް ނަޞރުދިން ޤުރައިޝުންގެ ދަރަޖަ ސައުތު އެފްރިކާއަށް ޙައްޤު ވެއްޖެ ކަމަށް އަހުރެން ދެކެމެވެ. 

މުސްލިމުންގެ ދިފާޢުގައި ތެދުވާނެ ބައަކު ﷲ ތަޢާލާ އަބަދުވެސް ދައްކަވާނެތެވެ! އިން ޝާ ﷲ 

 

- ޑރ. ޔާސިރު ޤާޟީ

 

މިއަދު އޮންލައިން