މާޅެގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅު ތަކަށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މާލޭ މޭޔަރު އާއި ކައުންސިލް މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގައި ހުރި އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ އަތޮޅުތަކަށް މިހާރު ނުލިބޭ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ބަދަލުކުރައްވައި އެ ފައިސާ އަތޮޅުތަކަށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރުވެސް އެބަހުރި ހަވާލުކުރަން ޖެހި، އެހެންނަމަވެސް ހަވާލުނުކޮށް ހުރި ފައިސާ. ކުރިއަށް އޮތްތާނގައި އެކަން އިރާދަކުރެއްވިއްޔާ ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެ އަތޮޅަކަށް ނިސްބަތްވާ، ފައިސާގެ އަދަދުން އެ އަތޮޅަކަށް އެ ރޭޝިއޯއެއް ހަވާލުކުރަމުންދާނަން،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ކައުންސިލްތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތާއި ވިޔަފާރި ފެށުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށްވެސް މަސައްކަތް ކުރައްވަމުންއަންނަ ކަމަށެވެ.