ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒަކީ ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންގެ ފިކުރާއި ވިސްނުމާއި އެއްގޮތަށް ވެރިކަން ކުރައްވާނެ ވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންގެ ފިކުރާއި ވިސްނުމާއި އެއްގޮތަށް ވެރިކަން ކުރައްވާނެ ވެރިއެއްކަމަށާއި އަދި އެމަނިކުފާނުގެ މުޅި ސަރުކާރު ބިނާކުރައްވަނީ ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ދެވޭނެ ބައްޓަމަށް ކަމަށާއި، މިސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންނާއެކު ކަމަށެވެ.