މި ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު، ގެދޮރިވެރިކަން ނެތިގެން، ހިތާމައާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެ!: ރައީސް ޑރ. މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މި ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު، ގެދޮރިވެރިކަން ނެތިގެން، ހިތާމައާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެ!: ރައީސް ޑރ. މުޢިއްޒު

މި ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު، ގެދޮރިވެރިކަން ނެތިގެން، ހިތާމައާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިމޭރުމުން އެމަނިކުފާނު ވިދާޅުވީ "ކަންގަތި އެވޯޑް 2023" ދެއްވުމުގެ ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން: 

ކޮންމެއަކަސް ރަސްމާލެ މަޝްރޫޢު ފެށިގެން މިހާރު އެ ދަނީ ކުރިޔަށް. އެ މަޝްރޫޢު ކުރިޔަށް އެ ދަނީ ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭގޮތަށް. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢު އެގޮތުގައި ކުރިޔަށް ގެންގޮސް ނިންމާލާނަން. ގަބޫލުކުރައްވާ،
މި ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު، ގެދޮރިވެރިކަން ނެތިގެން، ހިތާމައާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެ. ކޮންމެ ފަސްއަހަރަކުން އެއް ފަހަރު، ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން، ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބާފައި މި ތިބިތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާއިމަށް ނިމުން ގެނެސްދޭނަން. 

އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ރައްޔިތުންނާ އެއްކޮޅަށް. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ރައްޔިތުންގެ ފަޅީގައި. ސަބަބަކީ އަޅުގަނޑު ދިވެހި ކޮންމެ ރައްޔިތެއް ދެކެ ލޯބިވަން. އަޅުގަނޑު ގާތުގައި ކޮންމެ ރައްޔިތަކު ހަމަހަމަ. ސިޔާސީ ފިކުރަކަށް، ޖިންސަކަށް، އާއިލާއަކަށް، ރަށަކަށް، ސަރަޙައްދަކަށް އަޅުގަނޑު ނުބަލާނަން. އަޅުގަނޑު ބަލަން ބޭނުންވަނީ އަދި ބަލާނީ ހަމަ އެންމެ ކަމަކަށް. އެއީ ދިވެއްސެއްތޯ.

މިއަދު އޮންލައިން