ރައީސް ޑރ.މުއިއްޒު، ޤާސިމް އިބްރާހީމް، އާ ބައްދަލުކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ރައީސް ޑރ.މުއިއްޒު، ޤާސިމް އިބްރާހީމް، އާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ގާސިމް ރައީސްގެ އަރިހަށް ވަޑައިގެންފައި މިވަނީ އެންމެ ފަހުން ބޭއްވި މަޖިލިސް ޖަލްސާގައި، މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުން އަވަސް ކުރަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމަށްފަހެވެ. އަދި ޖޭޕީގެ އިސް ލީޑަރުން ވަނީ މިދިޔަ މަހު ރައީސްގެ ޕީއެންސީއާއެކު އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ރައީސް މުއިއްޒު، ގާސިމާ ބައްދަލުކުރައްވާފައި މިވަނީ ވަޒީރުންގެ މަޖިލީހުގެ ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ވޯޓަށް އެހުމަށް ތައްޔާރުވެފައި ވަނިކޮށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކުގައި ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމަށް ފަހު، ގާސިމް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ޖޭޕީން އޭރަކު އޮންނަ ސަރުކާރަކާއެކީ މަސައްކަތް ކުރާނެ ކަމަށާއި ކޯލިޝަނެއް އޮތަސް އަދި ނެތަސް ސަރުކާރަށް އެއްބާރުލުންދޭނެ ކަމަށެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ގާސިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި އެމްއެންޕީގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއާ ވެސް ރައީސް މުއިއްޒު މިއަދު ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން