މީޑިއާތަކުން އެދުނު ހުރިހާ ކަމަކަށްވެސް އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ދެއްވީ އުންމީދީ ޖަވާބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މީޑިއާތަކުން އެދުނު ހުރިހާ ކަމަކަށްވެސް އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ދެއްވީ އުންމީދީ ޖަވާބެއް!

މީޑިތަކާއި ބައްދަލުކުރައްވަން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި މީޑިއާތަކުން އެދުނު ހުރިހާ ކަމަކަށްވެސް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވީ އުންމީދީ ޖަވާބެކެވެ. އެކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަމެވެ. 

އެގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން ކޮންމެވެސް މިންވަރެއް މީޑިޢާތަކަށް ދެއްވުމެވެ. "ލިބުނު ވަޤުތު ކުޑަކަމުން މިހާރު ހުށަހެޅިފައިވާ ބަޖެޓުގައި ހިމެނިފައި ނުވިނަމަވެސް ކޮމިޓީ މަރުޙަލާގައި އެކަން ހަމަޖައްސަން މަސައްކަތްކުރާނަން. ޕީޕީއެމްގެ މެންބަރުން މިވަޤުތު މަޖިލީހުގައި މަދުވުމުން އެހެން ޕާޓީތަކުގެ އެއްބާރުލެއްވުން ދެއްވާނެކަމަށް އުންމީދުކުރަން."  

މީޑިއާތައް ހިންގުމަށްޓަކައި ލުއިފަސޭހަގޮތަކުން ޖާގަ ލިބޭނެ މަގު ފަހިކޮށްދެއްވުމަށްޓަކައި ގްރޭތަރ މާލެ ޒޯނުގައި މީޑިއާ ވިލެޖެއް ޤާއިމުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. 

މިހާރު މީޑިއާތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން މަޢުލޫމާތު ހޯދުމުގެ ދަތިކަން ފިލުއްވައި ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. "އަޅުގަނޑުގެ ސަރުކާރެއްގަ ސިއްރުކުރަން ޖެހޭނެ ކަމެއް ނުއޮންނާނެ. ތަންތަނަށް ލާނީ މަޢުލޫމާތުދެވޭނެ ފެންވަރުގެ ޤާބިލް މީހުން." 

މީގެ އިތުރުންވެސް މީޑިއާތަކުން ވަނީ ބައެއް ކަންކަން ހުށަހަޅައިފައެވެ. އެއިގެ ތެރޭގައި އަދި މިހާތަނަށް ކޮންމެ ސަރުކާރެއްގައިވެސް ނުނިމި އޮންނަ މަޝްރޫޢެއްކަމަށްވާ ޕްރެސް ކްލަބް އުފެއްދުމާއި މިހާރުހުރި މީޑިއާ އެސޯސިއޭޝަންތައް އެއް އެސޯސިއޭޝަނަކަށް ހެދުންވެސް ހިމެނެއެވެ. އެއިރުން ދައުލަތުން އެސޯސިއޭޝަންތަކަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެކަން މީޑިއާތަކުން ފާހަގަކުރިއެވެ. 

މިއަދު އޮންލައިން