މާތް ﷲ އަށް ފުރައްސާރަކުރަން އުޅުނު ކަލަކު ވޮޑިގެންވާ ކަމަށް ޤަބޫލުނުކުރާ މީހާއަށް ތަރިބުރައިގެންދާން ޖެއްސުވި ފަޤީރު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މާތް ﷲ އަށް ފުރައްސާރަކުރަން އުޅުނު ކަލަކު ވޮޑިގެންވާ ކަމަށް ޤަބޫލުނުކުރާ މީހާއަށް ތަރިބުރައިގެންދާން ޖެއްސުވި ފަޤީރު އަންހެނެއްގެ ވާހަކަ-

ނިކަމެތި ފަޤީރުންނަށް ކުރިމަތިވެފައިވާ ދަތިތައް ބަޔާންކޮށް އެހުންތެރިންގެ އެހީތެރިކަން ހޯދައިދޭ ރޭޑިއޯ ޕްރޮގްރާމަކަށް ނިކަމެތި ފަޤީރު އަންހެނަކު ފޮނުވި މެސެޖެއްގައިވަނީ އޭނާއަކީ ވަރަށް ދަތިޙާލުގައި އުޅެންޖެހިފައިވާ އަންހެނަކު ކަމަށެވެ. ބަލިޙާލު ހުރިގޮތުން އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށާއި ގޭގައި ކާނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. 

އޭނާގެ މެސެޖުގައި ބުނެފައިވަނީ މާތް ﷲ ގެ ހަޟްރަތުން އެހީތެރިކަމަށް އެދޭކަމަށެވެ. 

މިއަޑުއެހި އެތީސްޓަކު މިކަން ނެގީ މަޖާކަމެއްގެ ގޮތުގައެވެ. އެއީ މީހުންގެ ކިބައިން އެހީތެރިކަމަށް ނުއެދި މާތް ﷲ ގެ ހަޟްރަތުން އެހީތެރިކަމަށް އެދުމުންނެވެ. އެހެންވެ އޭނާގެ ސެކެޓްރީ މެދުވެރިކޮށް ގިނަ ޢަދަދެއްގެ ކާބޯތަކެތި އެގެއަށް ފޮނުވިއެވެ. އަދި ބުންޏެވެ. މިއީ ކާކު ފޮނުވި އެއްޗެތިތޯ ސުވާލުކޮށްފިނަމަ ޖަވާބުގައި ބުނާށެވެ. "މިއީ ކަލޭ ދަތިޙާލުގަ އުޅޭތީ އެހީތެރިވާން ޝައިޠޯނާ ފޮނުވި ތަކެއްޗެވެ." 

ތަކެތި ހިފައިގެން ގޮސް ދިނުމުން އެމީހާ ﷲ އަށް ޝުކުރުވެރިވެ އަވަސް އަވަހަށް އެއްޗެތި ގެއަށް ވައްދަން ފެށުމުން ސެކެޓްރީ އެއީ ކާކު ފޮނުވި އެއްޗެތިކަން އޮޅުންފިލުވަން ބޭނުމެއް ނޫންތޯ ސުވާލުކުރުމުން އަންހެންމީހާ ޖަވާބުގައި ބުނީ "އެއްޗެތި ފޮނުވީ ކާކުކަން އެނގުން މުހިންމު ނޫން ކަމަށާއި ﷲ އަމުރުފުޅު ކުރައްވަވައިފިނަމަ ޝައިޠޯނާއަށްވެސް ޖެހޭނީ ކިޔަމަންތެރިވެ އެއްޗެތި ފޮނުވަން" ކަމަށެވެ. 

އަންހެންމީހާގެ ޢަޤީދާގެ ވަރުގަދަކަން އެނގުމުން ސެކެޓްރީ ދިއައީ ތަރިބުރައިގެންނެވެ. އިތުރު އެއްވެސް ވާހަކައެއް ނުދައްކައި ބޮސް (އެތީސްޓް) ގާތަށް ގޮސް ކަންވީގޮތާއި އަންހެން މީހާ ބުނިބަސް ބުނުމުން އޭނާ ދިއައީ އަދި މާބޮޑަށް ތަރިބުރައިގެންނެވެ. ބުނެވުނެވެ. "އަހަރެން އަމިއްލައަށް ޝައިޠޯނެއްކަމަށް ހެދުނުކަން އެއަންހެން މީހާއަށް އެނގުނީ ކިހިނަކުން ހެއްޔެވެ؟" 

މިކަމުން ލިބޭ ޢިބްރަތަށް ވިސްނައިލާށެވެ! އެތީސްޓް ތަކެތި ފޮނުވާފައި އެއީ ޝައިޠޯނާ ފޮނުވި ތަކެތިކަމަށް ބުނަން ސެކެޓްރީ ގާތުގައި ބުނީ ﷲ ތަޢާލާ ނިކަމެތިކޮށް ފުރައްސާރަކުރުމަށެވެ. އެންމެފަހުން ނިމިގެން އެދިއައީ އެފަޤީރު އަންހެން މީހާގެ ދުލުން އެއެތީސްޓަކީ ޝައިޠޯނެއްކަމަށް ބުނެވިގެންނެވެ. އަންހެން މީހާއަށް އެޖަވާބުދޭން އެނގުނީ ކިހިނަކުން ހެއްޔެވެ؟

 

އަޅެ މިވަރުންވެސް ﷲ ތަޢާލާ ވޮޑިގެންވާ ކަމުގެ ހެއްކަކަށް ނުފުދެނީހެއްޔެވެ؟

 

--އަލްފް / މިއަދުނޫސް

މިއަދު އޮންލައިން