ހިތަށްއެރިހާގޮތަށް ފޭރާންލައި، ޢިއްފަތްތެރިކަން ނަގާލާ މުސްލިމް އަންހެނުން، މުސްލިމް ނޫން މިއަންހެންމީހާ މިބުނާ ވާހަކައިން ޢިބްރަތް ޙާޞިލްކުރުން ކީއްތޯ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ
ހިތަށްއެރިހާގޮތަށް ފޭރާންލައި، ޢިއްފަތްތެރިކަން ނަގާލާ މުސްލިމް އަންހެނުން، މުސްލިމް ނޫން މިއަންހެންމީހާ މިބުނާ ވާހަކައިން ޢިބްރަތް ޙާޞިލްކުރުން ކީއްތޯ؟

"އަހުރެން ކައިވެނިކުރަން ބޭނުންވަނީ އަހުރެންނަށް ގޯސްމަގަކުން ދެވޭނަމަ އިޞްލާޙްކުރުމުގެ ޤާބިލްކަން ލިބިފައިވާ މީހަކާއެވެ. ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ހުރުންނަ މީހަކާއެވެ. 

އަހުރެންނަކީ މުސްލިމެއް ނޫނެވެ. ނަމަވެސް މުސްލިމް އަންހެނުން ބުރުގާ ނާޅައި ނިވާވާރަށް އަހުރެން އަބަދުވެސް ހުންނަނީ ނިވާވެގެންނެވެ. ހެދުން ލަނީވެސް މުސްލިމް ގިނަ އަންހެނުން ފަދައިން ގައަށް ދޫކޮށެވެ. އެއީ އަހުރެން ބައިވެރިއަކު ހޯދަން ބޭނުންވަނީ އަހުރެންގެ ހަށިގަނޑު ދައްކައި އެންމެންނަށް އިޝްތިހާރުކޮށްގެން ނޫންވީމައެވެ. 

އަހުރެންގެ ޢުމތަކީ 21 އަހަރެވެ. އަހުރެންނަކީ ޢިއްފަތްތެރި އަންހެނަކީމެވެ. އަހުރެންގެ ހަށިގަނޑު ފެނުނު ފިރިހެނަކު ނުހުންނާނެއެވެ. އަހުރެންގެ ހަށިގަނޑު ދައްކަން ބޭނުންވަނީ އަހުރެންނާއި ކައިވެނިކުރާ މީހަކަށެވެ." 

މިއީ ހިތަށްއެރިހައި ގޮތަކަށް ފޭރާންލައިގެންނާއި ނުލައި އުޅެންވެސް ދުނިޔެއަށް އެންމެ މަޝްހޫރު އެއް ސްޓޭޓް ކަމަށްވާ އެމެރިކާގެ މިއާމީ ސްޓޭޓްގައި ދިރިއުޅޭ ސޯޝަލް އަންހެނަކު މީޑިއާގައި ބުނެފައިވާ ބަސްކޮޅެކެވެ. ހިތަށް އެރިހައި ގޮތަކަށް ފޭރާންލަމުން އަންނަ މުސްލިމް އަންހެނުންނަށް ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.  

މިއަދު އޮންލައިން