ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ދުޢާއެއް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ދުޢާއެއް!

މިއަދު ދިރިއުޅެންޖެހިފައި މިވަނީ ކާފިރުވި މީހުންނާއިއެކުގައެވެ. އެއިގެ ތެރޭގައި ތިމާމެންނަކީ މުސްލިމުންކަމަށް ބުނި ނަމަވެސް އެންމެ ސަޖިދައެއްވެސް ނުކުރާ މީހުންވެސް ހިމެނެއެވެ. މުޅި ދުވަސް ނިމިގެންދާއިރު އެންމެ ސޖިދައެއްވެސް ނުކުރާ މީހުން މިއަދު މަދެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ދިރިއުޅެން ޖެހިފައި މިވަނީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރަމުން ގެންދާ، އެކަންކަން ކުރަން ބިރުވެތިނުވާ މީހުންނާއިއެކުގައެވެ. 

ހަމައެއާއިއެކު އެނގިތިބެގެންނާއި ނުއެނގި ތިބެ މިގެންދެވެނީ ފާފަތައް ކުރެވެމުންނެވެ. ފުއްސަވައި ނުދެއްވަވައިފިނަމަ އަޅުގަނޑުމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ވާނީ ނަރަކައިގެ ދަރުކަމުގައި ނޫންހެއްޔެވެ؟ 

ވީމާ ކޮންމެ މީހަކުވެސް މިފަދަ ދުޢާތައް ކޮންމެ ދުވަހަކުވެސް ކުރަން އެބަޖެހެއެވެ. 

رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِینَ كَفَرُوا وَاغْفِرْ لَنَا رَبَّنَا إِنَّكَ أَنتَ الْعَزِیزُ الْحَكِیمُ 

"އަޅަމެންގެވެރި ރަސްކަލާކޮ! ކާފިރުވި މީހުންނަށް ފިތުނައެއް ކަމުގައި އަޅަމެން ނުލައްވަވާނދޭވެ! އަޅަމެންނަށް ފާފަ ފުއްސަވާނދޭވެ! އަޅަމެންގެވެރި ރަސްކަލާކޮ! ހަމަކަށަވަރުން އިނބަރަސްކަލާނގެއީ، ޢަޒީޒްވަންތަ، ޙަޚީމްވަންތަ ރަސްކަލާނގެއެވެ!" (60: 5) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން