ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް، ދުއްވަން އިން މީހާ ޖޫރިމަނާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް، ދުއްވަން އިން މީހާ ޖޫރިމަނާކޮށްފި

ހުޅުމާލޭގައި ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ފުލުހުން ޓޯކޮށް، އެ ސައިކަލު ދުއްވަން އިން މީހާ ޖޫރިމަނާކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ 22:30 ހާއިރުއެވެ. ހުޅުމާލެ ފޭސް 1 ގެ ކިނބިގަސްމަގު ފްލެޓް 12 ކައިރިން ދެކުނުން އުތުރަށް، ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން ނުރައްކާތެރިކޮށް ދުއްވަމުންދިޔަ މި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އެކަން ފާހަގަކުރެވިގެންނެވެ.

މި މައްސަލައާ ގުޅިގެން ސައިކަލު ޓޯކުރުމުގެ އިތުރުން، އެ ސައިކަލު ދުއްވަން އިން 20 އަހަރުގެ ފިރިހެން މީހާ ވަނީ ގަވާއިދާ ހިލާފަށް ދުއްވުމުން ދޭންޖެހޭ ޖޫރިމަނާގެ ފިޔަވަޅު އަޅާފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން، މިފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ހައިވޭ މަތީގައްޔާއި އެނޫންވެސް ސަރަހައްދުތަކުގައި އާންމުންގެ ނުރައްކަލަށް ވާގޮތަށް ދުއްވާ ފަރާތްތަކާމެދު ފަސްޖެހުމެއްނެތި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން