ހަކުރުބަލިން ސަލާމަތްވުމަށް އެދޭމީހާ ސަމާލުކަން ދޭންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ހަކުރުބަލިން ސަލާމަތްވުމަށް އެދޭމީހާ ސަމާލުކަން ދޭންޖެހޭނެ ބައެއް ކަންކަން-

ހަކުރު ބަލި މިހާރު ވެފައިވަނީ އެންމެ ޢާންމު އެއް ބައްޔަށެވެ. އެހެންކަމުން ހޭލުންތެރިކަން އިތުރުކުރަން އެބަޖެހެއެވެ. ހަކުރު ބައްޔަކީ ފަރުވާތެރިވެވިއްޖެނަމަ ކޮންޓްރޯލްކުރެވުމުގެ އިތުރުން ފިލުވައިވެސް ލެވޭ ބައްޔެކެވެ.  

އެހެނިހެން މާއްދާތައް ފަދައިން ހަށިގަނޑަށް ހަކުރުވެސް ބޭނުންވެއެވެ. ކޮންމެ އެއްޗެއް ނަމަވެސް ހަށިގަނޑަށް ބޭނުންވާ މިނަށްވުރެ އިތުރަށް ހުރެއްޖެނަމަ މައްސަލަތައް ކުރިމަތިވާނެއެވެ. އެގޮތުން ހަކުރުވެސް ހަށިގަނޑުގައި ހުންނަން ޖެހޭ ވަރަށްވުރެ ގިނަވެއްޖެނަމަ 1 ބޭސްފަރުވާ ކުރަންޖެހެއެވެ. 2 ކަސްރަތުކޮށް ހަކުރުގެ ލެވެލް ތިރިކުރަން މަސައްކަތްކުރަންޖެހެއެވެ. 

ބައެއް މީހުން ހަކުރުގެ ލެވެލް ދަށްކުރަން ނުވަތަ ހަށިގަނޑު ހިއްކަން ކަސްރަތު ކުރަމުންގޮސް މާބޮޑަށް ވަރުބަލިވާވަރަށް ކަސްރަތުކުރެއެވެ. އެއީ އަދި މާނުރައްކާ ބޮޑުކަމެކެވެ. ސަބަބަކީ އެހައިބޮޑަށް ވަރުބަލިވުމުން ސްޓްރެސް ލެވެލް މަތިވެގެންދެއެވެ. އެއީ ހަކުރުގެ ލެވެލް މަތިވާ ސަބަބެކެވެ. 

ހަކުރު މަތިނަމަ ފެންބުއިން ގިނަކުރާށެވެ! ބޯފެން ހަށިގަނޑުން ނުކުމެގެންދަނީ އިތުރަށް ހުންނަ ހަކުރުތަކުން ބައެއް ހިފައިގެންނެވެ. އެކަމުގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ ލެވެލް ދަށްކޮށްދެއެވެ. 

ހަމައެއާއިއެކު ހަކުދަށްވުމުގެ މައްސަލަ ހުންނަ އެއްވެސް މީހަކު ހަކުރު ހުރިވަރު ޗެކް ނުކޮށް ކަސްރަތުކުރަން ނުފަށާށެވެ! ހުންނަންވާވަރަށްވުރެ ދަށުގައި ހުރިނަމަ ފޮނިއެއްޗެއް ކައި ހަކުރުގެ ލެވެލް މަތިކޮށްފައި ނޫނީ ކަސްރަތުކުރަން ނުފަށާށެވެ. އެއީ ފުރާނައަށްވެސް ނުރައްކާވެދާނެ ކަމެކެވެ. 

ހަށިގަނޑުގައި ހަކުރުބަލި ކުޑަކުރަން އެދޭމީހާ ފުރަތަމަ ކަމަކަށް ކާމިންވަރު މަދުކުރާށެވެ. ހަކުރުބަލި ކުޑަވުމާއި ނުވުމުގެ އެންމެ ބޮޑު ބައެއް ވަނީ ކާމިންވަރު "ބޮޑުކުރުމާއި ކުޑަކުރުމުގަ"އެވެ. އަދި ހަކުރު ހުންނަ އެއްޗެތި ކެއުމުގައި ފަރުވާތެރިވި މިންވަރަކުންނެވެ. 

ބައެއް މީހުންނަށް އެންމެ މީރުވަނީ ފޮނިކާއެއްޗެއްސެވެ. މީރު ކޮންމެ އެއްޗެއް ބޭނުންހައި ވަރަކަށް ކަމުން ގެންދާނަމަ ބޭހުން ކުރާނެ ފައިދާ ކުޑަވެގެންދާނެއެވެ. ވީމާ މިކަންކަމަށް ވިސްނައިލުން ބުއްދިވެރިއެވެ.

މިއަދު އޮންލައިން