ތިބާގެ ހަށީގައި ﷲ ތަޢާލާ ލައްވަވާފައިވާ ސިފައިގަ ބަލައިނުގަންނަ މީހުންދެކެ ލޯބި ނުވާށެވެ! ކައިވެނިވެސް ނުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތިބާގެ ހަށީގައި ﷲ ތަޢާލާ ލައްވަވާފައިވާ ސިފައިގަ ބަލައިނުގަންނަ މީހުންދެކެ ލޯބި ނުވާށެވެ! ކައިވެނިވެސް ނުކުރާށެވެ!: މުފްތީ މެންކް

މުސްލިމުން ބަދަލުކުރަން މަސައްކަތްކުރަންވީ ހަށިގަނޑުގެ ބޭރުފުށުގެ ސިފައެއް ނޫނެވެ. އެތެރެފުށުގެ ސިފަތަކެވެ. އެކަމަކު ގިނަބައަކަށް އަބަދުހެން މަސައްކަތް މިކުރެވެނީ ބޭރުފުށުގެ ސިފަ ގޮތްގޮތަށް ބަދަލުކުރާށެވެ. އެކަމެއްކުރަން އުޅުމުގެ ތެރޭގައި ދީން ހުއްދަނުކުރާ އެތައް ބައިވަރުކަންކަން ވެސް އެބަކުރެއެވެ.

ދީނުގައި އެއީ ހުއްދަ ކަމެއް ނޫން ނަމަވެސް ގިނަ ބައަކު މިހާރަކަށް އައިސް ކައިވެނިކުރަނީ ލޯބިވެގެން އެތައް ދުވަހެއް ވަންދެން އެކުގައި އުޅުމަށްފަހުގައެވެ. އެދުވަސްތަކުގައި ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކޮންމެވެސް މަޝްހޫރު މީހަކާއި އެއްގޮތްވާން ޖެހުމުގެ މައްސަލައެވެ.

 

ބައެއް ފިރިހެނުން ލޯބިވެރިޔާ ކޮންމެވެސް މަޝްހޫރު އަންހެނަކާއި ވައްތަރުކުރުވަން ބޭނުންވެދާނެއެވެ. އަދި ބައެއް އަންހެނުން ލޯބިވެރިޔާ ކޮންމެވެސް މަޝްހޫރު ފިރިހެނަކާ ވައްތަރުކުރުވަން ބޭނުންވެދާނެއެވެ. މިގޮތަށް އެއްގޮތްވާން ކުރެވޭ މަސައްކަތުގެ ތެރޭގައި ދީން ހުއްދަ ނުކުރާ ސިފަތަކަށްވެސް އެބަ ބަދަލުވެއެވެ.

މިސާލަކަށް ފިރިހެނުން ބޯދިގުކޮށްފައި މައްޗަށް ހުޅިޖަހަން އެބަޖެހެއެވެ. އަންހެނުންވެސް އެބަ ޖަމަލު ހުޅިފަދައިން ހުޅި ޖަހައި އަދި އެހުޅިމަތިން އެބަ ބުރުގާވެސް އަޅައެވެ. ގިނަފަހަރު ލައިގެން ހުންނަ ހެދުމުގެ އިތުރުން ބުރުގާވެސް އޮންނަނީ ބާރު ދުއްޔެއް ފަދައިން ބޮލަށާއި ކަރަށް ހިފައިފައެވެ.

ވަރަށް ބޮޑަށް އާދޭސްކޮށްފައި ބުނަމެވެ. ކިތަންމެ ބޮޑަށް ލޯބިވާ މީހަކު ބުނި ނަމަވެސް އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ނުކުރާށެވެ. ﷲ ތަޢާލާ ތިމާ ހެއްދެވި ސިފައިގައި ހުރުމުން ޤަބޫލުނުކޮށް އެހެން މީހެއްގެ ސިފަ ޖައްސަން ބުނާ މީހަކާއި ގުޅެން މަސައްކަތްނުކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން