ކައިވެނިކުރަން ބޭނުންވާކަމަށް ބުނިނަމަވެސް ޢާއިލާއާއި ބައްދަލުކުރަން ބޭނުންނުވާ މީހުންނަކީ މަކަރުވެރިން- ވައިއެޅެންވެސް ނުވާނެ!: ޔާސްމީން މުގާހިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކައިވެނިކުރަން ބޭނުންވާކަމަށް ބުނިނަމަވެސް ޢާއިލާއާއި ބައްދަލުކުރަން ބޭނުންނުވާ މީހުންނަކީ މަކަރުވެރިން- ވައިއެޅެންވެސް ނުވާނެ!: ޔާސްމީން މުގާހިދު

މިހާރަކަށް އައިސް ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އަންހެން ކުއްޖަކު ދެކެ ލޯބިވާކަމަށް ބުނެ ހިތް އަތުލައިގެންފާނެއެވެ. ކައިވެނިކުރަން ބޭނުންވާ ކަމަށްވެސް ބުނެފާނެއެވެ. ނަމަވެސް އަންހެން ކުއްޖާގެ މައިންބަފައިންނާއި ބައްދަލުކުރަން ބޭނުމެއް ނުވާނެއެވެ. އެކަމަށް ބިރުގަނެ ޖެހިލުންވާނެއެވެ. 

ބުނަން ހެއްޔެވެ؟ ލޯބިވާ ކަމަށާއި ކައިވެނިކުރަން ބޭނުންވާކަމަށް ބުނާ މީހަކު ތިބާގެ މައިންބަފައިންނާއި ޢާއިލާއާއި ބައްދަލުކުރަން ޖެހިލުންވާނަމަ އެއީ ފޭކް މީޙެކެވެ. ބޮޑު ވަގެކެވެ. މަކަރުވެރިއެކެވެ. އެދައްކަނީ ދޮގު ވާހަކަތެކެވެ. 

ވިސްނާށެވެ! އަންހެންކުއްޖާގެ މައިންބަފައިންނާއި ބައްދަލުކުރުމަކީ ކޮންމެހެން ޖެހިގެން އަންނަ ދުވަހު ކައިވެނިކުރަން މަޖުބޫރުކުރުވާ ސަބަބެއް ނޫނެވެ. އެއިރުން އަންގައިދޭނީ އޭނާއަކީ ކައިވެނިކުރަން ޝައުޤުވެރިވެގެންހުރި މީހަކު ކަމެވެ. މަކަރުހަދައި އޮޅުވާލުމުގެ ވިސްނުން އޭނާގެ ކިބައިގައި ނެތްކަމެވެ. 

މީގެ މާނައަކީ މައިންބަފައިންނާއި ބައްދަލުކުރާ ހުރިހާ ފިރިހެނުންނަކީ ތެދުވެރިނަކްމަށް ބުނުމެއްވެސް ނޫނެވެ. އެއިގެ ތެރެއިންވެސް ކޮންމެވެސް ބައަކު ފޭލްވެދާނެއެވެ. ނަމަވެސް ޢާއިލާ އަށް އެނގި ޢާއިލާގެ ރުހުން ހޯދައިގެން ކުރިއަށްދާން ބޭނުންވާނަމަ އެއީ އެމީހެއްގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކެކެވެ. 

އަހުރެން ނަޞޭޙަތްތެރިމިވަނީ ޢާއިލާ ޢާއި ބައްދަލުކުރަން ދެކޮޅުހަދާ މީހުންނާއިއެކު ވަޤުތު ބޭކާރުނުކުރުމަށެވެ. ޢާއިލާ އާ ބައްދަލުކުރަން ބޭނުންނުވާނީ ކަންތައްތަކެއް ފޮރުވަން އޭނާ ބޭނުންވާތީއެވެ. ގިނަ ފަހަރަށް އެކަން މެދުވެރިވާނީ ކަންތައްތަކެއް ފރޮރުވަން އޭނާ ބޭނުންވާތީއެވެ.

ވީމާ ކޮންމެ އަންހެންކުއްޖަކުވެސް މިހާރު ތިމާއަށް ފިރިއަކު ބޭނުންވާކަން ވިސްނޭނަމަ ވަޤުތު ބޭކާރުނުކުރާށެވެ! ހެޔޮ ގޮތުގައި ލޯބިވާ ފިރިއަކު ހޯދަން މަސައްކަތްކުރުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ﷲ ތަޢާލާ ހުއްދަކުރައްވަވާ އިންތަކުގެ ތެރޭގައި ހުރެގެންނެވެ.

މީހަކާ ބައްދަލުވެއްޖެނަމަ ކުރިއަށްދާން ފަށަންވާނީ އިސްތިޚާރާކުރުމަށްފަހުގައެވެ. 

- އުސްތާޛާ ޔާސްމީން މުގާހިދުގެ ދަރުސަކުން

މިއަދު އޮންލައިން