ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމަށް ބޭނުންވާ މުހިންމު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްރޫޢަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ގެ ދަށުން، ކަނޑައެޅިފައިވާ 10 ރަށެއްގައި އެގްރޯފޮރެސްޓްރީގެ އުސޫލުން ދަނޑުތައް ތަރައްޤީކުރުމަށް ހިންގޭ ޚާއްޞަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ގަސް އިންދުމާއި ދަނޑުވެރިކަމުގެ ނަފާ އިތުރުކުރުމެވެ.

މި ދަނޑުތަކުގައި މައިގަނޑު ގޮތެއްގައި ހެއްދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިމާވެށްޓާ ގުޅޭ ދިގު މުއްދަތުގެ ގަސްގަހާގެއްސާއި، ކުރު މުއްދަތެއްގެ ތެރޭގައި ފައިދާ ލިބޭނޭ ފަދަ ކާބޯތަކެއްޗެވެ. މިފަދަ ދަނޑުތަކުގެ ސަބަބުން ރަށްރަށުގެ ފެހިކަން އިތުރުވެ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން