ގިނަ މީހުން ބައިވެރިވެގެންވެސް ޞަދަޤާތްކުރާށެވެ! ޘަވާބުވާނީ އިތުރެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ގިނަ މީހުން ބައިވެރިވެގެންވެސް ޞަދަޤާތްކުރާށެވެ! ޘަވާބުވާނީ އިތުރެވެ! އިން ޝާ ﷲ

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. 

"ޞަދަޤާތް ކުރުމުގައި އެކަކަށްވުރެ ގިނަމީހުން ބައިވެރިކުރުމަކީ ޞަދަޤާތްކުރުމުގެ ޘަވާބުން އެއްވެސް ވަރަކަށް އުނިވާކަމެއް ނޫނެވެ. ޞަދަޤާތްކުރާ މީހާއަށާއި ޞަދަޤާތުގައި ބައިވެރިކުރުމަށް ނިޔަތް ގަންނަ ހުރިހާ އެންމެންނަށް، މައްޔިތުންނަށާއި ދިރިތިބީންނަށްވެސް ޞަދަޤާތުގެ ފުރިހަމަ ޘަވާބު އެއްވެސް މިންވަރެއް އުނިވުމެއް ނެތި ލިބޭނެއެވެ!" 

ކޮންމެ މީހަކީ ބޮޑެތި ޢަދަދުތަކުން ޞަދަޤާތްކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކަށްނުވެދާނެއެވެ. ކޮންމެ މީހަކަށްވެސް ކަންކަން ކުރެވޭނީ އެމީހަކަށް ކެރިކުޅަދާނަކަން ލިބިފައިވާ މިންވަރަކުން ކަމަށްވާތީއެވެ. 

ދަތިޙާލުގައި ހުރި މީހަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ނުވަތަ އެހީތެރިކަން ތިމާއަށް އެކަނި ފޯރުކޮށްނުދެވޭނަމަ ގާތް އެކުވެރިންނަށްވެސް ދަޢުވަތުދޭށެވެ. އެހީތެރިވެދޭނެ ކަމަސް އުންމީދުކުރެވޭ ފަރާތްތަކުގެ އެހީތެރިކަން ހޯދަންވެސް މަސައްކަތްކުރާށެވެ. 

ނަތީޖާ ބުނެދެންހެއްޔެވެ؟ ގާތް އެކުވެރިއަކަށް ނުވަތަ ދަތިޙާލުގައި ހުރި މީހަކަށް ޖެހިފައިވާ ބޭނުން ފުއްދައިދެވެން އޮތީ 10،000 ރުފިޔާ ލިބިގެންކަމަށްވެދާނެއެވެ. ތިބާގެ އަތުގައި ހޭދަކުރެވެން އޮތީ އެންމެ ސަތޭކަ ރުފިޔާއެވެ. ތިބާގެ މަސައްކަތުން ހޯދައިދެވުނު މުޅި ޢަދަދުންވެސް ތިބާއަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ އެއީ ތިބާ އެކަމަށް ކުރިމަސައްކަތަށްޓަކައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

 

މިއަދު އޮންލައިން