ތަފާތު ބަލައިލަން ނަމަވެސް ފަތިސް ނަމާދުކުރުމަށްފަހު ޛިކުރުތައް ކިޔައި މިފަދައިން ދުޢާކުރުމަށްފަހު ނިކަން ދުވަސް ފަށައިބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ތަފާތު ބަލައިލަން ނަމަވެސް ފަތިސް ނަމާދުކުރުމަށްފަހު ޛިކުރުތައް ކިޔައި މިފަދައިން ދުޢާކުރުމަށްފަހު ނިކަން ދުވަސް ފަށައިބަލާށެވެ!

"ޔާ ﷲ! މިއަޅާއަށް ދިރިހުރުމުގެ ނިޢްމަތް ދެއްވަވައި، ރިޒުޤް ދެއްވަވައި އަދި މިހައި ތަނަށް ދެއްވެވި އެންމެހައި ނިޢްމަތްތަކަށް މިއަޅާ ހިފެހެއްޓުމެއްނެތި އިނބަ ﷲ ގެ ޙަޟްރަތަށް ހާސްހާސްފަށުން ޝުކުރު ދަންނަވަމެވެ. 

ޔާ ﷲ! މިއަދަކީވެސް މިއަޅާ ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވައި އިނބަ ﷲ ގެ ރަޙްމަތް މިއަޅާއަށްޓަކައި އޮއްސަވައި ދެއްވަވާ ދުވަހެއް ކަމުގައި ލައްވަވާނދޭވެ! 

ޔާ ﷲ! މިއަޅާ ކޮންމެ ކަމެއް ކުރަންވެސް މަސައްކަތްކުރަނީ އިނބަ ﷲ ގެ ޙަޟްރަތުން ބަރަކާތާއި ވާގިއެދިގެންނެވެ. މިއަޅާއަށް ހެޔޮ ވިސްނުން ދެއްވަވާނދޭވެ! 

ޔާ ﷲ! މިއަޅާގެ ޢަދާވާތްތެރިންނާއި ޝައިޠޯނުންގެ ކިބައިން ކުރިންވެސް ރައްކައުތެރިކަން ދެއްވެވި ފަދައިން މިއަދުވެސް މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ! އަދި އިއްޔެއަށްވުރެ ގިނައިން މިއަދު އިނބަ ﷲ ގެ މަގުގައި އިނބަ ﷲ ރުހިވޮޑިގަންނަވާ ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ! އާމީން

މިއަދު އޮންލައިން