ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ތަޢުލީމީ އަދި ޤާބިލު ފަންނާނުން ބިނާކުރުމަށްޓަކައި، 51 ދާއިރާއަކުން ކިޔެވުމަށް 955 ސްލޮޓް ހިމެނޭ "އެލައިޑް ހެލްތު ޕްރޮފެޝަނަލް ސްކޮލަރޝިޕް ސްކީމް" އަށް އެދުމުގެ ފުރުޞަތު ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު "ކުރި" ޕޯޓަލް މެދުވެރިކޮށް ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި ސްކީމްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ޖުމްލަ 51 ދާއިރާއަކުން ހުށަހެޅޭ މި ފުރުޞަތުތަކުގެ ތެރޭގައި ފިޒިއޮތެރެޕީ، ކައުންސިލިން، ސައިކޮލޮޖީ، ފާމަސީ، އަދި އޮޕްޓޮމެޓްރީ (ލޮލުގެ ފަރުވާ) ފަދަ ޞިއްޙީ ދާއިރާގެ އެންމެ މުހިންމު ދާއިރާތައް ހިމެނެއެވެ.
އެލައިޑް ހެލްތު ދާއިރާއަށް 1،500 އަށްވުރެ ގިނަ ދިވެހިން ތަމްރީން ކުރުމަށްޓަކައި ޞިއްޙީ ވުޒާރާއާއި، މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ އިތުރުން ޤައުމީ ޔުނިވަރސިޓީ ގުޅިގެން މިދިޔަ އަހަރު ވަނީ ޚާއްޞަ އެއްބަސްވުމެއްގައި ސޮއිකޮށްފައެވެ. މި ސްކޮލަރޝިޕް ސްކީމަކީ އެ އެއްބަސްވުމުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.