އެންމެ ބޮޑު ބިރަކީ ޙަރާމްކަންކަން ކުރުން ހުއްދަކުރާނެ ބައަކު އައުންކަން ޙަދީޘްފުޅުން އެނގޭއިރު މިއަދު އޮތް އެންމެ ބޮޑު ބިރަކީ ޙަދީޘްފުޅުގަ އޮތް ފަދައިން ހުއްދަކުރާ ސަރުކާރެއް އޮތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އެންމެ ބޮޑު ބިރަކީ ޙަރާމްކަންކަން ކުރުން ހުއްދަކުރާނެ ބައަކު އައުންކަން ޙަދީޘްފުޅުން އެނގޭއިރު މިއަދު އޮތް އެންމެ ބޮޑު ބިރަކީ ޙަދީޘްފުޅުގަ އޮތް ފަދައިން ހުއްދަކުރާ ސަރުކާރެއް އޮތުން!

މީހަކު ނުވަތަ ބައަކު ޙަރާމްކަންކަން ކުރުމާއި އެކަންކަން ހުއްދަކުރާނެ ބައަކު އުޅުމާއި މިއީ މުޅިން ތަފާތު ދެކަމެކެވެ. ކޮންމެ ޒަމާނެއްގައިވެސް ޙަރާމް ކަންކަން ކުރާ ބައަކު އުޅޭނެއެވެ. ނަމަވެސް ފައުޅުގައި ޙަރާމް ކަންކަން ކުރުން ހުއްދަކުރާ ވެރިކަމެއް އޮތުމަކީ އުންމަތަށް އޮތް އެންމެ ބިރެވެ. އެފަދަ ވެރިކަމެއްގައި މީސްތަކުން އެއްވެސް ބިރެއް ނެތި ޙަރާމްކަންކަމަށް އަރައިގަތުން ޢާންމުވެ ފެތުރިގެންދާނެތީއެވެ. 

ދާދިފަހަކާއި ޖެހެންދެންވެސް ރާއްޖޭގައި ސްޓޭޖްޝޯތަކާއި ތަމްސީލުޝޯތައް ބޭއްވެނީ ހޯމް މިނިސްޓްރީން އެޝޯއެއްގައި ކުރާނެ ކަންކަން ބަލައި ފާސްކޮށްގެންނެވެ. ނަމަވެސް މިއަދު ދާޚިލީ ވުޒާރާއިން އެފަދަ އެއްވެސް ކަމެއް ނުބަލައެވެ. ދާޚިލީވަޒީރުގެ ޒިންމާއެއް ކަމަށްވެފައި އޮތްތަން މިފެންނަނީ އިބިލީހަށް ވާގިވެރިވާ ކަންކަން ކުރާސަރުކާރަށް ޘަނާކިޔުމެވެ. އެވެރިކަން ނަގަހައްޓައި ދަމަހައްތަން މަސައްކަތްކުރުމެވެ. 

ވީމާ ގިނަބައަކު ޤަބޫލުކުރާ ގޮތުގައި ރާއްޖެ މިހާރު ދެކެމުން މިދަނީ ﷲ ތަޢާލާއަށް ބިރުވެތިވާ މުސްލިމުން އެންމެ ބޮޑަށް ބިރުވެތިވާންވީ ދުވަސްތަކެވެ. އެންމެ ބޮޑު ބިރަކީ ޤާނޫނުތަކުގައި މަނާކަމަށް ލިޔެގެން ތިބެ އެކަންކަން ކުރަން ދޫކޮށްލެވިފައި އޮތް އޮތުމެވެ. ބަރަހަނާ ފޮޓޯ ނަގައި އެކަކު އަނެކަކަށް ފޮނުވައި ހެދުމަކީ ހުއްދަކަމެއް ކަމަށް ސަރުކާރުން އިޢުލާނުކޮށް ވީޑިއޯ ޢާންމުކުރި ހިސާބުން މިސަރުކާރަކީ މިސަރުކާރަކީ އިސްލާމް ދީނުގައި ޙަރާމް ކަންކަން ޢާންމުކުރުވާ އަދި އެކަމަށް ހިތްވަރުދޭ ސަރުކާރެއްކަން މިވަނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަޤީންކުރެވިފައެވެ. ސްޓޭޖްޝޯތައް ބޭއްވުމާއި އެހެންކަންކަންވެސް ކުރަމުން އެގެންދަނީ ސަރުކާރުގެ އެސިޔާސަތަށެވެ. 

ގުޅުން ހުރި ޙަދީޘް ޝައިޚް އާދަމް ނިޝާންގެ ޢަލީގެ ޓްވީޓުގައިވާ ވީޑިއޯ އިން އަޑުއައްސަވައިލައްވާށެވެ! 

 

މިއަދު އޮންލައިން