ޝައިޠޯނާއަށް އުނދޯލި ހެއްލައިދީގެން ލައިލަތުލްޤަދްރިވިލޭރެއާއި ގާތްވެސް ނުވެވޭނެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޝައިޠޯނާއަށް އުނދޯލި ހެއްލައިދީގެން ލައިލަތުލްޤަދްރިވިލޭރެއާއި ގާތްވެސް ނުވެވޭނެ!

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ އޮނަހިރި ރެއަކީ މިރޭ ކަމަށްވުމުން ގިނަބައަކު ގަދަހިތްވަރުގައި މަސައްކަތްކުރަން ފަށާނެއެވެ. އަނެއްބައަކު ކަންނެތްވެ ފޭލްވިވެގެންދާޤނެއެވެ. އެއް ބައަކު މިސްކިތުގައި ގިނަވަޤުތުތައް ހޭދަކުރަން ބޭނުންވާނެއިރު އަނެއބައަކަށްދެވޭނީ ޝައިޠޯނާއާއިއެކު ޝައިޠޯނާގެ އުނދޯއްޔަށެވެ. 

ޝައިޠޯނާއަށް އުނދޯލިހެއްލައިދޭ މީހުން ނަމާދާއި ރޭއަޅުކަން ކުރަން ކުރިނަމަވެސް ކުރާނީ ފަރުވާކުޑަކޮށްލައިގެންނެވެ. އިމާމްމީހާ ސަލާންދޭއިރަށް ފައިބައިގެން ދުވެގޮސް އިންނާނީ ކޯފީއެއްގަ، ކެއުމެއްގައި، ޝީޝާބޯން ނުވަތަ އެފަދަ އެފަދަ ކޮންމެވެސް ކަމެއް ކުރާށެވެ! 

އާނއެކެވެ! ލައިލަތުލްޤަދްރިވިލޭރޭ ކަމުގައި ވެއްޖެނަމަ އެރޭ އެމީހަކާއި ބައްދަލުކުރާނެއެވެ. ނަމަވެސް އެމީހަކަށް އެރެއާއި ބައްދަލުނުކުރެވޭނެ ތަނުގައި ވައިވެސް ނުއެޅުވޭނެއެވެ. 

ވީމާ މިއީ ފަށްކޮށްލުމެކެވެ! ހަނދުމަކޮށްލައި ދިނުމެކެވެ! 

އެ ރެއެއްގައި ލައިލަތުލްޤަދްރިވިލޭރޭ ހިމެނިގެންވާނެ ރޭތައް މިވަނީ އަހަރެމެންނާއި އަރައި ހަމަކޮށްފައެވެ. ހިތާމައަކީ ލައިލަތުލްޤަދްރި ވިލޭރޭ ޙާޞިލުކުރުމުގެ ފުރުޞަތު ލިބިގަންނަން އެކަށީގެންވާ ވަރަށް މަސައްކަތްނުކުރެވޭ ކަމެވެ. އަދި އެކަމަށް އެކަށީގެންވާ ވަރަށް މަސައްކަތްނުކުރެވޭތަނުގައި ލިބެން އޮތް ފުރުޞަތުވެސް ވަރަށް އިރާކޮޅު އެބަ ނަގައިލައެވެ. 

ބައެއް މީހުން ރޯދަވީއްލަން މޭޒުދޮށުގައި އިށީނދެފައި ތެދުވަނީވެސް އެ ފުރުޞަތު ނަގާލައިގެންނެވެ. މިބުނަނީ ރުޅިވެރިކަމާއިއެކު ބަސްބުނުމާއި ނެތިމޮށުމާއި މީހުންނަށް އެއްޗެތި ގޮވުން ފަދަ ޢަމަލުތައް ކުރުމުގެ ވާހަކައެވެ! 

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ލައިލަތުލްޤަދްރި ވިލޭރޭ ޙާޞީލުކުރަން އެދޭމީހާ އެ ރޭ އެއްވެސް ފާފައެއް ކޮށްގެންނުވާނެއެވެ! ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެއެވެ. 

ވީމާ އެއްވެސް މީހެއްގެ ނުބައި ވާހަކަ ނުދައްކާށެވެ! ޣީބަ ނުބުނާށެވެ! އަދި އެންމެ ކުޑަމިނުން އެއްވެސް މީހެއްގެ ހިތުގައި ޖެހޭފަދަ ބަހެއްވެސް ނުބުނާށެވެ! ކިތަންމެ ކުޑަ ޢަމަލެއް ވެސް ނުކުރާށެވެ! ހަމައެއާއިއެކު ވީހައި ޚުލްޤް ރަނގަޅު މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ވީހައި ދީލަތި، އޯގާތެރި މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! 

މިދެއްކީ ލައިލަތުލްޤަދްރި ވިލޭރޭ ޙާޞިލުކުރަން ކުރަންހުރި އަޅުކަމުގެ ޥާހަކައެއް ނޫނެވެ. އެރޭގެ މަތިވެރި ޘަވާބާއި ދަރުމަ ލިބުމުން މަޙްރޫމްވެގެން ހިނގައިދާނެ ބައެއް ކަންކަމުގެ ވާހަކައެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން