ސިޓީތަކުގައި ޤާއިމުކުރާ ޔޫތު ހަބުތަކުން ޒުވާނުންނަށް ނަފުސާނީ އެހީތެރިކަން ލިބޭނެ: ވަޒީރު ރާފިޢު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ސިޓީތަކުގައި ޤާއިމުކުރާ ޔޫތު ހަބުތަކުން ޒުވާނުންނަށް ނަފުސާނީ އެހީތެރިކަން ލިބޭނެ: ވަޒީރު ރާފިޢު

ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ތަރައްޤީކުރަމުން އަންނަ ޔޫތު ހަބްތައް މެދުވެރިކޮށް، ޒުވާނުންނަށް ނަފުސާނީ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

"އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ސަރުކާރުން ތަރައްޤީކުރާ މި ޔޫތު ހަބްތައް ވެގެންދާނީ ޒުވާނުންނަށް ބޭނުންވާ "ތާޑް ސްޕޭސްއެއް" ނުވަތަ ހިތްހަމަޖައްސާލައި، އުނގެނި، އެކަކު އަނެކަކާ ސައްލާކޮށްލުމަށް ޚާއްޞަ މަރުކަޒަކަށް ކަމަށެވެ. އަދި މާލެއެކޭ އެއްފަދައިން ރާއްޖޭގެ އެހެން ސިޓީތަކުގައި ޤާއިމުކުރާ މިފަދަ މަރުކަޒުތަކުންވެސް ޒުވާނުންނަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޔޫތު ހަބްތަކުގައި ޒުވާނުން ބާރުވެރިކުރުވުމާއި ފަންނިއްޔާތުގެ ދާއިރާއިން އެކި ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، އަތޮޅުތަކުން މީހުން ގެނެސް އެކި ކަންކަމާ ގުޅޭގޮތުން ޚިޔާލުބަދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މީގެއިތުރުން ކިޔެވުމަށް ބޭނުންވާ ސްޓަޑީ ރޫމްތަކާއި، މުނިފޫހިފިލުވޭނެ ވަސީލަތްތައް ޤާއިމުކުރުމާއި، އެކި ކުންފުނިތަކާއި މުއައްސަސާތަކަށް ޕްރޮގްރާމްތައް ހިންގޭނެ މަގުވެސް މި މަރުކަޒުތަކުން ތަނަވަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދެމުން އަންނައިރު، ނަފުސާނީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން "1456" ގެ ހެލްޕްލައިން ނަންބަރެއްވެސް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ.

މިއަދު އޮންލައިން