ރަސޫލް ޞޢވ ކަމަރުބާރުކުރެއްވެވީ ފަހު ދިހަ ޙާޞިލުކުރެއްވުމަށް! ހަތާވީސްވިލޭރޭ ޙާޞިލުކުރެއްވުމަކަށް ނޫން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރަސޫލް ޞޢވ ކަމަރުބާރުކުރެއްވެވީ ފަހު ދިހަ ޙާޞިލުކުރެއްވުމަށް! ހަތާވީސްވިލޭރޭ ޙާޞިލުކުރެއްވުމަކަށް ނޫން!

އަހުރެންގެ ސުވާލަކީ ފަހު ދިހަ އައިސް ޖެހުނު އިރު އަހަރެމެން މިތިބީ ކިހައިވަރަކަށް ތައްޔާރުވެގެން ހެއްޔެވެ؟ އެކަމަށް ތައްޔާރުވެވުނީ ކިހައިވަރަކަށް ހެއްޔެވެ؟  

ރަމަޟާން މަހުގެ ފަހު ދިހަ އައިސް ޖެހެނީއެވެ. ޢާއިޝަތުގެފާނު ބަޔާން ކުރައްވަވާފައިވާ ގޮތުގައި ރަމަޟާން މަހުގެ ފަހު ދިހަ ކާމިޔާބު ކުރެއްވެވުމަށްޓަކައި ރަސޫލް () މަސަކަތްޕުޅު ކުރެއްވެވި ވަރަށް އަހަރުގެ އެހެން އެއްވެސް ދުވަސްކެއްގައި އަޅުކަން ކުރައްވަވާފައެއް ނުވެއެވެ.  

1000 މައްސަރަށްވުރެ މާތް ކުރެއްވެވި ލައިލަތުލްޤަދްރި ވިލޭރޭ ވަނީ ރަމަޟާންމަހުގެ ފަހު ދިހައިގައިކަން އެބަ އެނގެއެވެ. އަދި އެއީ އޮނަހިރި ވިލޭރެއެއްކަންވެސް އެބަ އެނގެއެވެ. މިކަންކަނަ އެނގެނީ ރަސޫލް ()ގެ ޙަދީޘްފުޅުތަކުންނެވެ.  

ރަސޫލް () ފަހު ދިހަ ޙާޞިލުކުރައްވަވަން މަސައްކަތްޕުޅު ކުރެއްވެވީ އޮނަހިރި ރޭތައް ބައްލަވައިގެނެއް ނޫނެވެ. އަދި 27 ވިލޭރޭ ބައްލަވައިގެނެއްވެސް ނޫނެވެ. މުޅި ދިހަ އެކުގައެވެ. ވީމާ އެކަމުގައި ވެސް ޙިކުމަތެއްވާކަން ކަށަވަރެވެ. އަހަރެމެން ވެސް މަސައްކަތްކުރަން ޖެހޭނީ ހަމަ އެގޮތުގައެވެ.   

ފަހުދިހަ ލައިގަތީއެވެ. އޮނަހުރި ރޭތަކަށާއި ހިރި ރޭތަކަށް ބުރަވާންހަދައިގެން ހުރިހާ ކަމެއް ފޭލްވެދާނެއެވެ. އެހެނީ އެއްވެސް ކަލަންޑަރަކީ 100 % ޔަޤީން ކަލަންޑަރަކަށްނުވާތީއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން