އިޚްލާޞްތެރިކަމާ ޔަޤީންކަމާއެކު ހިތްތަކާ އަތްތައް އިންތިހާއަށް ހުޅުވާލަންވީ ވަގުތު އައިސްޖެހުނީއެވެ! އިޚްލާޞްތެރިންގެ ހިތްތައް އުފަލުން ރޯނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އިޚްލާޞްތެރިކަމާ ޔަޤީންކަމާއެކު ހިތްތަކާ އަތްތައް އިންތިހާއަށް ހުޅުވާލަންވީ ވަގުތު އައިސްޖެހުނީއެވެ! އިޚްލާޞްތެރިންގެ ހިތްތައް އުފަލުން ރޯނެ! އިން ޝާ ﷲ

ކޮންމެ އަހަރަކުވެސް ރަމަޟާން މަސް އެއިގެ ދައުރު ބަރާބަރަށް އަދާކުރެއެވެ. އަހުރެމެންނާއި ބައްދަލުކުރެއެވެ. ފޭލްވަޏީ އަހުރެމެންނެވެ. ވީމާ މިއަހަރު ހިތްވަރު އިތުރުކޮށްލާފައި އައު ހިތްވަރެއްލަމާ ހިނގާށެވެ! 

ފަހުދިހައިގެ ރޭތައް ކުރިއަށް އަންނަމުން އައިސް ބައްދަލުކޮށް އެ ރޭތައް މިހާރުމިވަނީ އަހުރެމެންނާއިއެކުގައި ފެށިފައެވެ. މިރޭތަކުގައި އެންމެ މުހިންމު މަސައްކަތަކަށް އޮތީ ލައިލަތުލްޤަދްރި ވިލޭރޭ ޙާޞިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. އެކަމަށް އެދިގެން ކުރަން އޮތް އެންމެ މަތިވެރިދުޢާއަކީ ރަސޫލް ، ޢައިޝަތުގެފާނަށް އުނގަންނަވައިދެއްވެވި މިދުއާއެވެ. 

اللَّهُمَّ إنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّي  

ދެން ކުރަން އަހަރެންނަށް ފެންނަ ދުޢާއަކީ މިދުޢާއެވެ.

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ 

މިދުޢާގެ މުހިންމުކަން އިތުރުވެގެންދަނީ އެއީ ޠަވާފްކުރާއިރުވެސް ކިޔަން އޮތް ދުޢާކަމުގައިވުމުންނެވެ. ޠަވާފްކުރާއިއރު ކިޔަންޖެހޭ ދުޢާއެއްގެ ގޮތުގައި އާދައިގެ ދުޢާއެއް ނުއޮންނާނެތީއެވެ. 

ދެން ބުނެލަން އޮތީ ތިމާ އެދޭ ކަންކަމަށް އެދި ދަންނަވާނެ ގޮތުގެ ވާހަކައެވެ. އޮތީ ވީހައި ގިނައިން ދެންނވުމެވެ. ސަޖިދައިގައިވެސް ދުޢާކުރާށެވެ! ޤުރްއާންކިޔަވަމުން ވެސް ދުޢާކުރާށެވެ! ޛިކުރުކުރަމުންވެސް ދުޢާކުރާށެވެ!

އަހުރެން ބުރަވަނީ އަމިއްލަ ބޭނުންތަކަށް ދުޢާކުރާއިރުވެސް ވީހައި ކުރުކޮށް ކުރުމެވެ. އަދި ގިނަގިނައިން ދުޢާކުރުމެވެ. އެހެނީ ގިނަގިނައިން ދުޢާކުރުމުން އެނގިގެން އެދަނީ އެމީހަކު ﷲ ތަޢާލާމަތިން ގިނަގިނައިން ހަނދުމަކުރާކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން