ނަމަނަމަ ކަންނެތް ނުވާތި! ދެމަފިރިންނާ ދަރިން އެކުގަ ނުކުމެ ސުވަރުގެއާދިމާއަށް ދިއުމަށް ރޭސްޖަހަން ރެފްރީ ކަށިގަނޑު ފުންމާލައިފި!

އަހުމަދު
ކިޔުމަށް ހޭދަވާނީ 36ސ
ނަމަނަމަ ކަންނެތް ނުވާތި! ދެމަފިރިންނާ ދަރިން އެކުގަ ނުކުމެ ސުވަރުގެއާދިމާއަށް ދިއުމަށް ރޭސްޖަހަން ރެފްރީ ކަށިގަނޑު ފުންމާލައިފި!

ފަހުދިހައިގެ ރޭތަކުގައި ރަސޫލް () އަވަހާރަފުޅު ނުލައްޕަވައެވެ. ރޭ އަޅުކަމަށް އަނބި އަނބިކަނބަލުންނާއި ޢާއިލާގެ ބޭފުޅުން ހޭފުޅު ލެއްވެވިއެވެ. ވީމާ ރޭއަޅުކަމަށް ޢާއިލާގެ މީހުން (އަނބިދަރިން، ފިރިން) ހޭލެއްވުންވެސް ވެފައި މިއޮތީ ޘަވާބުދެއްވަވާ އަޅުކަމަކަށެވެ! 

އަހަރެމެންނަށް މުޅި ރޭ އަޅުކަމުގައި ނުތިބެވިދާނެއެވެ. ނަމަވެސް އަޅުކަންކުރުން ގިނަކުރެވިދާނެއެވެ. އަނބިދަރިން ހޭލުއްވިދާނެއެވެ. އެންމެން އެކުގައި ތިބެގެންވެސް އަޅުކަން ކުރެވިދާނެއެވެ. އެކަން ކަމަށް އެއްވެސް ހުރަހެއް ނެތެވެ. އަދި އެއީ ނުކުރެވޭ ވަރުގެ ކަންކަމެއްވެސް ނޫނެވެ. 

މިއަހަރު ދުނިޔެއަށް އަންނާނެ އެންމެ މަތިވެރިވެގެންވާ ރޭތައް އައިސް ބައްދަލުކުރީއެވެ. މިރަމަޟާންމަހުގައި އަންނާނެވެސްމެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން