"ޔާ ﷲ! މިއަޅާ އާއި މިއަޅާގެ އަނބިދަރިންނާއި މައިންބަފައިންއަދި ޢާއިލާގެ އެންމެންނާއި އެންމެހައި މީސްތަކުންގެ ފާފަތައް ފުއްސަވައި ދެއްވަވައި ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވާނދޭވެ!" އާމީން
ހުރިހާ ކިޔުންތެރިންނޭވެ! ރަމަޟާން މަހަށް ކިޔުންތެރިންގެ ހޭލުންތެރިކަން އިތުރުކުރެވޭތޯ ކޮންމެ އަހަރަކުވެސް ކުރަމުން މިގެންދާ މަސައްކަތްތަކުގެ ތެރެއިން މިއަހަރު މިފަށަނީ އިތުރު ކަމެކެވެ. މިއަދުނޫހުން ކިޔުންތެރިންނަށް މި އެއްލާ ﷲ ތަޢާލާގެ ވައުފަށް ކިޔުންތެރިންވެސް ކިޔުންތެރިންގެ އެކުވެރިންނަށް އެއްލަވާށެވެ! މާނައަކީ ޝެއާކޮށްލައްވާށެވެ! އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ!
ﷲ ތަޢާލާގެ މަގަށް ހިތްވަރުދޭ މިލިޔުން އަރުވާތާ 24 ގަޑިރުތެރޭ ޝެއާކުރައްވާ ކޮންމެވެސް 1 ކިޔުންތެރިއަކަށް ހަދިޔާއެއްގެ ގޮތުގައި މިއަދުނޫހުން 4 ފުޅި ސެންޓް އަރުވާނަމެވެ. އިން ޝާ ﷲ
ރެއަށް ސަމާލުވާން ހަނދުމަކޮށްދިނުން: މިރޭ އެކާވީސް! މިއީ ފަހު ދިހައިގެ 1 ވަނަ އޮނަހިރިރޭ!
ފަހު ދިހަ ފެށި ފުރަތަމަ އޮނަހިރިވިލޭރޭ އަޅުގަނޑުމެންނާއި ބައްދަލުކުރީއެވެ. އެހެންކަމުން މިރެއަކީ ފަހުދިހައިގެ ފުރަތަމަ އޮނަހިރިވިލޭރެއެވެ.
މިރެއަކީވެސް ލައިލަތުލްޤަދްރިވިލޭރޭ ލިބިގަންނަން ކުރަމުން މިދާ މަސައްކަތުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއް ރެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިފަދައިން ހަނދުމަކޮށް އަރުވަނީ ހުރިހާ ބޭފުޅުންވެސް އަވަދިނެތި އުޅުއްވާއިރު ހަމަ މިރެއަކީ 1 ވަނަ އޮނަހިރިރޭކަން ހަނދުމަފުޅު ނެތިދާނެތީ ހަނދުމަފުޅުކޮށް އެރުވުމަށެވެ.
އިން ޝާ ﷲ އަޅުިގަނޑުމެން ދާނީ ﷲ ގެ ވައުފަށް އެއްލަމުންނެވެ. ހިއްޕަވައި ފައިދާ ހޯދުން އޮތީ ކިޔުންތެރިންނަށެވެ.