މުޅިރޭ އަޅުކަންކުރިކަމުގެ ފައިދާ ނުހަނު ފަސޭހައިން ލިބިގަނެވެން އޮއްވައިވެސް ލިބިނުގަނެ ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
މުޅިރޭ އަޅުކަންކުރިކަމުގެ ފައިދާ ނުހަނު ފަސޭހައިން ލިބިގަނެވެން އޮއްވައިވެސް ލިބިނުގަނެ ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟

ޢިޝާ ނަމާދު ޖަމާޢަތުގައިކޮށްފިމީހަކަށް، ރޭގަނޑުގެ ދެބައިކުޅައެއްބައިގަ ރޭއަޅުކަންކުރި މީހަކަށް ލިބޭ ޘަވާބުހުރި ދެއްވަވާނެތެވެ! ފަތިސްނަމާދު ޖަމާޢަތުގައި ކޮށްފިމީހަކަށް، މުޅި ރޭ ރޭއަޅުކަންކުރި މީހަކަށް ލިބޭ ޘަވާބުދެއްވަވާނެތެވެ! (ޞަޙީޙް މުސްލިމް: 260) 

މިއީ އަހަރުގެ ކޮންމެ ރެއަކަށްވެސް އޮތް ޙަދީޘްފުޅެކެވެ. ރަމަޟާން މަހާއި ބައްދަލުވުމުން އޮތީ ކުރާ އަޅުކަން ގިނަކުރުމެވެ. ރަމަޟާން މަހަކީ އަޅުކަމަށް އެންމެ ޚާއްޞަ މައްސަރެވެ. އަޅުކަންކޮށްގެން އެންމެ ގިނައިން ޘަވާބާއި ދަރުމަ ހޯދެން އޮތް މައްސަރެވެ. 

ބައެއް މީހުން ތަރާވީޙްގެ ފުރަތަމަ 4 ރަކްޢަތްކޮށްލާފައި ފައިބައިގެން އެބަދެއެވެ. މިއީ ވަރަށް ދެރަކަމެކެވެ. 

ކުރުކޮށް ތަރާވީޙްކުރާ މިސްކިތްތަކުގައި 30 ވަރަކަށް މިނިޓް ނުވަނީސް ވިތުރިއާއިއެކު ކޮށް ނިންމައެވެ. އެހައި އިރުކޮޅަކު މަޑުކޮށްލައި އިމާމާއިއެކު ވިތުރިކޮށްގެން ނިންމާލައިފިނަމަ އެމީހަކަށް މުޅި ރޭ އަޅުކަންކުރިކަމުގެ ފައިދާ ލިބެން އޮއްވައި ލިބި ނުގަނެ ދޫކޮށްލުމަކީ ކިހައި ބޮޑު ދެރަކަމެއް ހެއްޔެވެ؟ 

ދިގުކޮށް (ޚަޠިމްކުރަން ކިޔަވާ) މިސްކިތްތަކުގައި ގަޑިއެއްހައި އިރުން ނުވަތަ ދޮޅުގަޑިއިރު ނުވަނީސް ނިންމައެވެ. އެހައިއިރު ހުންނަން އުނދަގޫވާ މީހާއަށް އޮތީ ކުރުކޮށްކުރާ މިސްކިތަކަށްގޮސް އިމާމާއިއެކު ނިންމުމެވެ. 

މިހައި ފަސޭހައިން މުޅިރޭ އަޅުކަންކުރިކަމުގެ ފައިދާ ހޯދެން އޮއްވައިވެސް ނުހޯދައި ދޫކޮށްލަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟

 

Praying with Imaam until he finishes

 

al-Tirmidhi (806) narrated that Abu Dharr (may Allaah be pleased with him) said:

 The Messenger of Allaah (peace and blessings of Allaah be upon him) said: “Whoever prays qiyaam – i.e., Taraweeh – with the imam until he finishes, it will be recorded as if he spent the whole night in prayer.”

Classed as saheeh by al-Albaani in Saheeh al-Tirmidhi.

މަޢުލޫމާތު: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

 

މިއަދު އޮންލައިން