ބޭރުގައުޅޭއިރު ލޮލާ ދިމާވާ ތަންތަން ފެނުމުން ފާފަވެރިވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބޭރުގައުޅޭއިރު ލޮލާ ދިމާވާ ތަންތަން ފެނުމުން ފާފަވެރިވާނެތޯ؟

ރޯދައަށް ރައްކައުތެރިވާން ވަރަށް ބޮޑަށް މަސައްކަތްކުރަމެވެ. އެކަމަކުވެސް ގެއިން ބޭރުގައި އުޅޭއިރު ބެލުމުން ފާފަވެރިވާ ފަދަ ކަންކަން ފެނެއެވެ. އެހެންވީމާ އަޅުގަނޑުގެ ސުވާލަކީ "ބޭރުގައުޅޭއިރު ލޮލާ ދިމާވާ ތަންތަން ފެނުމުން ފާފަވެރިވާނެތޯ؟"އެވެ. 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ފުރަތަމަ މިދަންނަވަނީ މުފްތީ އިސްމާޢީލް މެންކުގެ ބަސްފުޅެކެވެ. 

"ތިބާ ބޭރުގައި އުޅޭއިރު، މަގުމަތިންވިޔަސް އަދި ކޮންމެ ތަނަކުން ނަމަވެސް ބަލައިގެން ނުވާނެ (ބެލުން ހުއްދަނޫން) ތަނެއް ލޮލާއި ދިމާވުމުގެ ސަބަބުން (އެއްފަހަރު) ފެނުމަކުން ފާފަވެރިއެއް ނުވާނެއެވެ. ފާފަވެރިވާނީ ދެވަނަފަހަރަށް ބެލީމައެވެ. ނުވަތަ ފެނުމުން އިސް ތިރިނުކޮށް ބަލަހައްޓައިގެން ހުރީމައެވެ." 

ޑރ. އިޔާޟްގެ ޖަވާބެއް: 

ސުވާލު:. މަގުމަތިން ހިނގާފައިދާއިރު ވަރަށް ގިނައިން އަންހެންކުދިން ފެނެއެވެ. ބަލާލަނީ ގޯސްނިޔަތާ ނުލައެވެ. އެހެންނަމަވެސް ފެނުނީމާ ދެވަނަ ފަހަރަށް ވެސް ބެލެނީއެވެ. ބޭރަށް ނުނުކުމެވެސް ނޫޅެވޭނެނޫންތޯއެވެ؟ މިޒަމާނުގާ އިސް ތިރިކޮށްގެން އުޅެން އަންގަވާފައި ވެއެވެ.  އެހެނަސް މާލެ މަގުގައި ދުއްވާ އެއްޗެހީގެ ބާރުބޮޑުކަމާއި މީހުން ގިނަކަމުން އިސް ތިރިކޮށްގެން އުޅެން އުނދަގޫވެއެވެ. މިޙާލަތުގައި ގަސްތަކާނުލާ ބުރުގާނާޅާ އަދި އަންހެނުންގެ އައުރަ ފެންނަންޏާ ހަދަންވީ ކިހިނެއްތޯ؟ ފާފަވެރިވާނެތޯ؟ 

ޖަވާބު:. ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. "ސުވަރުގެ ވަށާލެވިފައިވަނީ ހިތްނޭދޭ ކަންތަކުންނެވެ. އަދި ނަރަކަ ވަށާލެވިފައިވަނީ ހިތްއެދޭ ކަންތަކުންނެވެ" ވީމާ، ކިތަންމެ ބަލާހިތްވީ ނަމަވެސް ސުވަރުގެ ހޯދުމުގެ ނިޔަތުގައި ބެލުންތިރި ކޮށްލާނީ އެވެ. ތިބާގެ އަންހެނުން މަގުމަތިން ދަނިކޮން ހިލޭ ފިރިހެނުން އޭނާއަށް ބަލަން ނުރުހޭފަދައިން އެހެންމީހުންވެސް ނުރުހޭނެކަން  ހަނދާން ކުރާށެވެ.

މިއަދު އޮންލައިން