"މާތްﷲ ރުއްސުންލެއްވި أبوهريرة ވިދާޅުވިއެވެ." މީހަކު މަރުވުމުން މަލާއިކަތުން ވިދާޅުވެއެވެ. މީނާ ހިފައިގެން އައީ (ހެޔޮ ޢަމަލާ ނުބައި ޢަމަލުގެ ތެރެއިން) ކޮންކޮން އެއްޗެއްބާވައެވެ؟ މީސްތަކުން ބުނާނީ " އޭނާ ދޫކޮށްފައި ހުރީ (މުދަލުގެތެރޭގައި) ކޮން އެއްޗެއްސެއް ހެއްޔެވެ؟ " اللهم ارحمنا!
- ޝައިޚް ޢަބްދުﷲ ބިން ޖަނާބް
ކޮންމެ މީހަކަށްވެސް މަރުވުމުން ފައިދާކުރާނީ ގިނައިން ހެޔޮ ޢަމަލުކުރެވިފައިވާނަމައެވެ. ކުރެވުނު ނުބައި ޢަމަލުތަކަށްވުރެ ގިނައިން ހެޔޮ ޢަމަލުކުރެވިފައިވާނަމައެވެ. އެހެންވެ މިޙަދީޘްފުޅުން އެނގިގެންދަނީ މީހަކު މަރުވުމުން މަލާއިކަތުން ފުރަތަމަވެސް ކިރުއްވަވައި ލައްވަވާނީ އޭނާ ކޮށްފައިވާ ހެޔޮޢަމަލުތަކާއި ނުބައިޢަމަލުތައް ކަމެވެ.
ހަމައެއާއިއެކު މީސްތަކުން އަވަސްވެގަންނާނީ އެމީހަކު ދޫކޮށްފައި ދިއަ މުދަލަށް ވެރިވެގަތުމަށް ކަމެވެ. ވީމާ ބުއްދީގެ އަހުލުވެރިންނަށްވާނީ ވީހައި ގިނަ ހެޔޮ ޢަމަލު ހިފައިގެން ކައްވަޅަށްދާ ބައެކެވެ.
މާތްﷲ ރުއްސުންލެއްވި أبوهريرة ވިދާޅުވިއެވެ." މީހަކު މަރުވުމުން މަލާއިކަތުން ވިދާޅުވެއެވެ.މީނާ ހިފައިގެން އައީ (ހެޔޮ ޢަމަލާ ނުބައި ޢަމަލުގެ ތެރެއިން)ކޮންކޮން އެއްޗެއްބާވައެވެ؟ މީސްތަކުން ބުނާނީ " އޭނާ ދޫކޮށްފައި ހުރީ (މުދަލުގެތެރޭގައި) ކޮން އެއްޗެއްސެއް ހެއްޔެވެ؟ "
— Abdullah bin janaab (@binjanaab) March 14, 2023
اللهم ارحمنا! pic.twitter.com/VvSfKmbyGG