ދެމެހެއްޓެނިވި ފައިނޭންސިންގ ބައްދަލުވުމުގައި ޕޮލިސީ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް ބައިވެރިވެވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ދެމެހެއްޓެނިވި ފައިނޭންސިންގ ބައްދަލުވުމުގައި ޕޮލިސީ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް ބައިވެރިވެވަޑައިގެންފި

ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ (ސީބީޑީ) ގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް17) ގެ ހަވާސާގައި ބޭއްވި މުހިންމު ހަވާސާ ބައްދަލުވުމެއްގައި ޕޮލިސީ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އަލްފާޟިލް މިދުހަތު ޢަބްދުއްރަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

މިދުހަތު ބައިވެރިވެވަޑައިގެންނެވީ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) އާއި ސީބީޑީ ސެކްރެޓޭރިއަޓް ގުޅިގެން އިންތިޒާމުކުރި "ބިލްޑިންގ އަ ސަސްޓެއިނަބަލް ފައިނޭންސް އިކޯސިސްޓަމް ޓު އެޑްރެސް ނޭޗަރ ރިސްކްސް އެންޑް ހާނަސް އޮޕޮޗޫނިޓީސް އިން އޭޝިއާ-ޕެސިފިކް އެންޑް ބިޔޯންޑް" ނަމުގައި ބޭއްވި ޚާއްޞަ އިވެންޓުގައެވެ. މި ބައްދަލުވުމަކީ މަރުކަޒީ ބޭންކުތަކާއި، މާލީ އިދާރާތައް ރެގިއުލޭޓްކުރާ ފަރާތްތަކާއި، ކޯޕަރޭޓްތައް އަދި ތިންވަނަ ފަރާތުގެ ޚިދުމަތްދޭ ފަރާތްތައް ގުޅިގެން ތަބީއީ ވެށްޓަށް ކުރިމަތިވާ ނުރައްކާތަކުން އަރައިގަތުމަށާއި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިދުހަތު ވަނީ، ތިމާވެށްޓާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށްޓަކައި މިހާރު ހޯދެމުންދާ މާލީ އެހީތެރިކަމަކީ ރާއްޖެއަށް އެކަށީގެންވާ މިންވަރަށްވުރެ ކުޑަ މިންވަރެއްކަން ފާހަގަކުރައްވާފައެވެ. އަދި ގައުމަށް ބޭނުންވާ މިންވަރާ އަޅާބަލާއިރު އެ ފައިސާގެ މިންވަރު މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އާދަކާދައިގެ މަތިން މާލީ އެހީ ހޯދުމަށް ބޭނުންކުރާ ވަސީލަތްތަކުން ބޭރަށް ނިކުމެ، އައު އަދި އީޖާދީ ހައްލުތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް މިދުހަތު އަލިއަޅުއްވާލެއްވިއެވެ. އަދި އެހެން ގައުމުތަކުގެ ތަޖުރިބާތަކުގެ އަލީގައި، ތިމާވެށި ހިމާޔަތްކުރުމަށް ބޭނުންވާ ދެމެހެއްޓެނިވި ފައިނޭންސިންގ ނިޒާމުތައް ގާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން