އިންތިޚާބީ މަޤާމުތަކުގައި ތިބޭ ބައެއް ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ. މި ގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ދައުލަތުގެ މުސާރަތަކަށް ގެންނަންވާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވަން ހުށަހեޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ. އޭނާ ހުށަހަޅުއްވާފައިވަނީ ވަޒީރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަދި ރަށު ކައުންސިލަރުންގެ އެލަވަންސަށް ބަދަލުގެނައުމަށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހެވެ.
މި ހުށަހެޅުމުގައިވާ ގޮތުން ވަޒީރުންގެ ކާރު އެލަވަންސް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން، މިހާރު މަޖިލީހުގެ ރައީސަށް 73,125 ރުފިޔާ ލިބިވަޑައިގަންނަވަމުންދާތީ، އެ މަނިކުފާނުގެ މުސާރައިގެ ފަރަގު ނައްތާލުމުގެ ގޮތުން އެލަވަންސަށް 22,000 ރުފިޔާ އިތުރުކުރުމަށް ވަނީ ހުށަހަޅާފავެވެ. މިއާއެކު، މަޖިލީހުގެ ރައީސަށް މުސާރައިގެ ގޮތުގައި 95,125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
މިހާރު އޮންނަ އުސޫލުން މަޖިލީހުގެ ނައިބު ރައީސަށް 91,000 ރުފިޔާ އަދި މެންބަރުންނަށް 82,500 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ކައުންސިލް ރައީސުންނަށް 25,000 ރުފިޔާ، ނައިބު ރައީސުންނަށް 20,000 ރުފިޔާ އަދި ކައުންސިލަރުންނަށް 18,000 ރުފިޔާ ލިބެއެވެ. މި ކޮމިޓީން ފާސްކުރި ގޮਤުގެ މަތިން ރަށު ކައުންސިލްތަކުގެ ރައީސުންނާއި، ނައިބު ރައީސުންނާއި ކައުންސިލަރުންގެ އެލަވަންސަށް ވެސް 5,000 ރުފިޔާ އިތުރުކުރުމަށް ވަނީ ނިންމާފައެވެ.