ރައީސް ޑރ.މުޢިއްޒުގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއްދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ރައީސް ޑރ.މުޢިއްޒުގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފި

އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފިއެވެ.

މި ފަރިއްކޮޅުގައި ދިވެހިރާއްޖެއާއި ޕާކިސްތާނު ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާއި އެހެނިހެން އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފަރިއްކޮޅުގެ ތެރެއިން، ދެ ޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުން ބަދަހިކުރުމާއި، އިތުރު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު ދެ ލީޑަރުން މަޝްވަރާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވައި، ދެ ޤައުމަށްވެސް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މިހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް، ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަދު އޮންލައިން